އެންމެ ބޮޑު އިދިކޮޅު ޕާޓީ، އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި އޮފިޝަލަކަށްވުމަށް ފުރުސަތު ހުޅުވާލައިފިއެވެ.

އެމްޑީޕީން އާންމުކޮށްފައިވާ އިއުލާނެއްގައި ބުނީ، ނޮވެމްބަރު މަހުގެ 27 ވަނަ ދުވަހު ބާއްވަން ހަމަޖައްސާފައިވާ އެތެރޭގެ އިންތިހާބުގެ ވޯޓުލާ މަރުކަޒުގެ އޮފިޝަލެއްގޮތުގައި ހަރަކާތްތެރިވާން ބޭނުންވާ މެންބަރުންނަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

ނަމަވެސް މިމެންބަރުންވާން ވާނީ ކެންޕޭންގައި އަމަލީގޮތުން ނޫޅޭ ފަރާތަކަށް ކަމަށް އެމްޑީޕީން ބުނެފައިވެއެވެ. އަދި އެއޮފިޝަލެއް ހަރަކާތްތެރިވާނެ ފޮށި ކަޑައަޅާނީ އިލެކްޝަން ކޮމިޓީން ކަމަށްވެސް ބުނެފައިވެއެވެ.

އެމްޑީޕީން ވަނީ މި މަހުގެ 10 ވަނަ ދުވަހު އެ ޕާޓީގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި އެކި މަގާމުތަކަށް ވާދަކުރުމުގެ ފުރުސަތު ހުޅުވަލަފައެވެ. އެ މަގާމުތަކަށް ކުރިމަތިލެވޭނީ މި މަހުގެ 20 ވަނަ ދުވަހުގެ 14:00ގެ ނިޔަލަށް ޕާޓީގެ މެމްބަރުންގެ ދަފްތަރުގައި ހިމެނޭ މީހުންނަށް ކަމަށްވެސް އެމްޑީޕީން ވަނީ ބުނެފައެވެ.

ގައުމީ މަޖިލީހުގެ އިންތިހާބުގައި މެމްބަރުން ހޮވާ މަގާމުތަކަށް ބަލާލާއިރު، ކޮންމެ އަތޮޅަކުން އަދި ކޮންމެ ސިޓީއަކުން ގައުމީ މަޖިލީހަށް އިންތިހާބުކުރާ މެމްބަރުން، ރަށު އަދި ސިޓީ ދާއިރާތަކުގެ ގައުމީ މަޖިލިސް މެމްބަރުން، ރަށު އަދި ސިޓީ ދާއިރާތަކުގެ ނައިބު ރައީސުން، ރަށު އަދި ސިޓީ ދާއިރާތަކުގެ ސެކްރެޓަރީ، ރަށު އަދި ސިޓީ ދާއިރާތަކުގެ އަންހެން ސެކްރެޓަރީ ހިމެނެއެވެ.

މީގެ އިތުރުން، ރަށު އަދި ސިޓީ ދާއިރާތަކުގެ ޒުވާނުންގެ ސެކްރެޓަރީ، އަންހެނުންގެ ރޫހުގެ ރައީސް، އަންހެނުންގެ ރޫހުން ގައުމީ މަޖިލީހަށް އިންތިހާބުކުރާ ފަސް މެމްބަރު، ޒުވާނުންގެ ހިތްވަރުގެ ރައީސް އަދި ޒުވާނުންގެ ހިތްވަރުން ގައުމީ މަޖިލީހަށް އިންތިހާބުކުރާ ފަސް މެމްބަރުންވެސް ހޮވުމަށް އެމްޑީޕީން ވަނީ ނިންމާފައެވެ.