ވޭތުވެދިޔަ ހަފުތާގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯރސް، އެމްއެންޑީއެފް ކޯސްޓްގާޑުން، ސިއްހީ އަވަސް ފަރުވާ ދިނުމަށް ބަލިމީހުން އުފުލުމުގެ 53 މެޑިކަލް އިވެކުއޭޝަން ހަދާފިއެވެ.
އެމްއެންޑީއެފް އިން އެކްސްގައި އަންމުކޮށްފައިވަ ތަފާސް ހިސާބުތަކުން ދައްކަގޮތުގައި، ސީޖީ ފަސްޓް ސްކުއަޑްރަން އިން ވަނީ 34 އިވެކުއޭޝަން ހަދާފައެވެ.
މީގެ އިތުރުން ސީޖީ ސެކަންޑް ސްކުއަޑްރަން އިން 02 އިވެކުއޭޝަން، ސީޖީ ތާރޑް ސްކުއަޑްރަން އިން 11 އިވެކުއޭޝަން އަދި ސީޖީ ފޯރތް ސްކުއަޑްރަން އިން 11 އިވެކުއޭޝަން ހަދާފައިވާ ކަމަށް އެމްއެންޑީއެފްގެ ތަފާސް ހިސަބުތަކުން ދައްކައެވެ.
މިއީ މި މަހުގެ 8 އިން ފެށިގެން 15 އާ ހަމައަށް ކުރިއަށްގެންގޮސްފައިވާ އިވެކުއޭޝަންތައް ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.