ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެ ގޮސް، ފުލުހެއްގެ ގައިގައި ޖެހި، އެ އޮފިސަރަަށް ވަރަށް ބޮޑު އަނިޔާތަކެއްވެފައިވާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި ރޭ 04:29 ހާއިރު ބާރު ސްޕީޑްގައި މާލެއިން ހުޅުމާލެއަށް ދިޔަ ސައިކަލްއެއް ކޮންޓްރޯލް ނުވެ ބްރިޖް ހައިވޭގައި ޑްޔުޓީ ކުރަމުން ދިޔަ ފުލުހެއްގެގައިޖެހި ވަރަށް ބޮޑަށް އަނިޔާވެފައިވާ ކަމަށެވެ.

އެ ސައިކަލް ޑްޔުޓީގައި އެވަގުތު ދެން ތިބި ފުލުހުން ހުއްޓުވާފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި އަނިޔާވި ޕޮލިސް އޮފިސަރއަށް ސީރިޔަސް އަނިޔާތަކެއް ތިބިފައިވާތީ އޭޑީކޭގައި ދަނީ ފަރުވާ ދެމުންނެވެ.