މަސްވެރިކަމާ ދަނޑުވެރިކަމާއި، ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއާއި އެކު އައްޑޫ މީދޫ ކައުންސިލުން މުހިންމު 3 އެއްބަސްވުމެއްގައި ސޮއި ކޮށްފިއެވެ.
މި މުހިންމު އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރ އަޙްމަދު ހަސަން ދީދީއެވެ. އަދި މީދޫ ކައުންސިލްގެ ފަރާތުން ކައުންސިލްގެ ރައީސް އަހުމަދު ޝާތިރުއެވެ.
އައްޑޫ މީދޫ ކައުންސިލާއިއެކު ވުޒާރާއިން އެއްބަސްވެފައިވާ މިހިންމު ތިން އެއްބަސްވުމަކީ:
މީދޫގައި ކޮކޮނަޓް ޕެސްޓް ރިހެބިލިޓޝަން ލެބެއް ގާއިމް ކުރުމަށް ވެވުނު އެއްބަސްވުން،
- މީދޫ ކައުންސިލަށް ގްރީންހައުސްތަކެއް ހަދިޔާކުރުމާގުޅޭ ގޮތުން ވެވުނު އެއްބަސްވުން
- މީދޫގައި އެގްރޮފޮރެސްޓްރީ ދަނޑެއް ޤާއިމު ކުރުމަށްޓަކައި ދެފަރާތުން ގުޅިގެން މަސައްކަތްކުރުމާއި ގުޅޭގޮތުން ވެވުނު އެއްބަސްވުމެވެ.
މީގެ ތެރެއިން ކޮކޮނަޓް ޕެސްޓް ރިހިބިލިޓޭޝަން ލެބުގެ އެއްބަސްވުމުގެ ދަށުން މީދޫގައި ކޮކޮނަޓް ޕެސްޓް ރިހެބިލިޓޭޝަން ލެބެއް ޤާއިމުކުރުމަށް ބޭނުންވާ ވަސީލަތްތަކާއި، ފަންނީ އެހީތެރިކަމުގެ އިތުރުން ތަމްރީނު ފޯރުކޮށްދިނުމުގައި ވުޒާރާގެ ފަރާތުން އެއްބާރުލުން ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި ގްރީންހައުސްތަކެއް ހަދިޔާކުރުމާގުޅޭ ގޮތުން ވެވުނު އެއްބަސްވުމުިގެ ތެރެއިން މީދޫ ކައުންސިލަށް ގްރީންހައުސްތަކެއް ހަދިޔާކުރުމަށް ބޭނުންވާ ވަސީލަތްތަކާއި، ފަންނީ އެހީތެރިކަމުގެ އިތުރުން ތަމްރީނު ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާއިރު، އެރަށުގައި އެގްރޮފޮރެސްޓްރީ ދަނޑެއް ޤާއިމު ކުރުމަށްޓަކައި ބޭނުންވާ އެހީތެރިކަން ވުޒާރާގެ ފަރާތުން ފޯރުކޮށްދިނުމަށް ވަނީ އެއްބަސްވެފައެވެ.
މީގެ ކުރިން އެގްރޮފޮރެސްޓްރީ ދަނޑުތައް ގާއިމުކުރުމަށް ދިހަ ރަށަކާއިއެކުވަނީ ވުޒާރާއިން އެއްބަސްވުންތަކެއްގައި ސޮއިކޮށްފައެވެ.