ފެނަކަ ކޯޕަރޭޝަންގެ ހިންގުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ޑރ. އަލީ އަޒުވަރާއި ހަވާލުކޮށްފިއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު, ޕީސީބީ އިން އެކްސްގައި އާންމުކޮށްފައިވާ ޕޯސްޓެއްގައި ބުނީ، ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ އެގްޒެކެޓިވް ޑިރެކްޓަރ އަދި އެކްޓިންގ މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށް ސ.ފޭދު، ނެސްޕްރޯވިލާ، ޑރ.އަލީ އަޒުވަރު އައްޔަންކޮށްފައިވާ ކަމަށެވެ.

ޕީސީބީން ވަނީ އެކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް ހ.ހުދުރިޔާ، އިބްރާހިމް ނިޒާމް އައްޔަންކޮށްފައިވާ ކަންވެސް ފާހަގަކޮށްފައެވެ. އަދި ފެނަކައިގެ ކުރީގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު އަފީފު ހުސައިން ވަނީ އެ މަގާމުން ވަކިކޮށްފައެވެ.

ފެނަކަ ހިންގުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރާ ހަވާލުކޮށްފައިމިވަނީ، ފެނަކަ އުވާލައި، އެ ކުންފުނީގެ މަސައްކަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރަމުންދާ މަރުހަލާ ކުރިއަށްދާ ދަނޑިވަޅެއްގައެވެ.

އެގޮތުން މިހާރު ފެނަކައިގެ ދަށުން ހިދުމަތް ދެމުން އަންނަ ރަށްރަށުގެ އޮޕަރޭޝަން ސްޓެލްކޯއަށް ބަދަލުކުރުމުގެ ތެރެއިން ރަށްރަށުގެ އެސެސްމެންޓު ހަދައި، ސްޓެލްކޯއިން ދަނީ ރަސްމީކޮށް އޮޕަރޭޝަނާ ހަވާލުވަމުންނެވެ.