ހިސާން ހަސަން ނޭޝެނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ(އެންޑީއެމްއޭ)ގެ ސީއީއޯގެ މަގާމުން ވަކިކޮށްފިއެވެ.
އޭނާ އެ މަގާމުން ވަކިކުރިކަން އެންޑީއެމްއޭގެ އޮފިޝަލަކު މީޑިއާއަކަށް ޔަގީންކޮށްދީފައިވީ ނަމަވެސް ވަޒީފާއިން ވަކިކުރި ސީދާ ސަބަބެއް ވިދާޅެއް ނުވެއެވެ.
2004 ވަނަ އަހަރު އެރި ސުނާމީއާ ގުޅިގެން ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރު ފުރަތަމަ އުފެއްދިއިރު ހިސާން އެ ސެންޓަރުގައި މަސައްކަތް ކުރެއްވީ ސިފައިންގެ އޮފިސަރެއްގެ ހައިސިއްޔަތުންނެވެ. އޭގެ ފަހުން 2011 ގައި ސިފައިންގެއިން ވަކިވެ އެ ސެންޓަރުގެ ޕްރޮޖެކްޓް ޑައިރެކްޓަރުގެ މަގާމާ އޭނާ ވަނީ ހަވާލުވެވަޑައިގަންފައެވެ.
ފަހުން ނޭޝެނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ އުފެއްދިއިރު އޭނާ ހުންނެވީ އެތަނުގެ ސީއީއޯގެ މަގާމުގައެވެ.