ރިސޯޓެއްގައި މޫދަށް އެރިއުޅުނު ދެ ފަތުރުވެރިއަކު ގެނބިގެން ފަރުވާދޭން ފަށައިފިއެވެ.
ފުލުހުން ބުނީ މިއަދު ކ. އަތޮޅު ރިސޯޓެއްގައި މޫދަށް އެރިއުޅުނު ޗައިނާގެ ދެ ފަތުރުވެރިއަކު ގެނބިގެން، ހުޅުމާލެ ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފަށައިފައިވާކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.
މި ހާދިސާގައި ގެނބިފައި ވަނީ ޗައިނާއަށް ނިސްބަތްވާ އުމުރުން 28 އަހަރުގެ ފިރިހެނަކާއި 29 އަހަރުގެ އަންހެނެއް ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުންނަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، ފަރުވާދެމުންދާ ދެ ފަތުރުވެރިންގެ ހާލުވެސް މިހާރު ރަނގަޅު ކަމަށް ފުލުހުން ވަނީ ބުނެފައެެވެ.
މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުންނެވެ.