ދެ އެއަރބަސް A220-300 މަތިންދާބޯޓު އޮޕަރޭޓިންގ ލީސްގެ ދަށުން ކުއްޔަށް ދިނުމަށް ޕްރޮޕޯޒަލް ހުށަހެޅުމަށް އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑް (އައިއޭއެސްއެލް) އިން ހުޅުވާލައިފިއެވެ.

އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑުން އާންމުކޮށްފައިވާ އިއުލާނެއްގައި ބުނީ، ބޭނުންވާ ދެ (2) އެއަރބަސް A220-300 މަތިންދާބޯޓު، އޮޕަރޭޓިންގ ލީސް އުސޫލުން ކުއްޔަށް ދިނުމަށް ޝައުގުވެރިވާ، އެކަމަށް ޝަރުތުހަމަވާ ބޯޓުގެ ވެރިފަރާތްތަކާއި، އޮޕަރޭޓަރުންނާއި، ލެސަރުންނާއި، ކޮމާޝަލް ބޭންކުތަކުގެ އިތުރުން މާލީ އިދާރާތަކަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އަދި އެ މަސައްކަތަށް ޕްރޮޕޯޒަލް ހުށަހަޅަންވާނީ "ރިކުއެސްޓް ފޯ ޕްރޮޕޯޒަލް" (އާރް.އެފް.ޕީ) ލިޔުމުގައި ބަޔާންކޮށްފައިވާ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.

ޕްރޮޕޯޒަލް ހުށަހެޅުމުގެ ސުންގަޑިއަކީ 28 އޮކްޓޫބަރު 2026 ވާ ބުދަ ދުވަހުގެ ރޭގަނޑު 23:59 (ދިވެހިރާއްޖޭގެ ގަޑިން) އެވެ.

އައިއޭއެސްއެލް އިން ވަނީ މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އިރުޝާދުތަކާ އެއްގޮތަށް އީމެއިލް މެދުވެރިކޮށް ޕްރޮޕޯޒަލް ހުށަހެޅުމަށް އެދިފައެވެ. އީމެއިލް ފޮނުވަންވީ އެޑްރެސްއާއި އީމެއިލްގެ ސަބްޖެކްޓްވެސް އެ ކުންފުނިން ވަނީ އާންމުކޮށްފައެވެ.