މިދިޔަމަހު ނުކުޅެދޭ މީހުންގެ ތެރަޕީއަށް 4 މިލިއަނަށްވުރެއް ގިނަ ރުފިޔާ އެންސްޕާ އިން ދީފިއެވެ.
އެންސްޕާއިން ވަނީ މިދިޔަ މަހު ނުކުޅެދުންތެރިކަން ހުންނަ ފަރާތަތަކަށް ބޭނުންވާ ތެރަޕިއުޓިކް ފަރުވާ އަށް ހަރަދުކޮށްފައިވާ ގޮތުގެ ތަފްސީލު އާންމުކޮށްފައެވެ.
އެންސްޕާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ތެރަޕިއުޓިކް ފަރުވާ އަށް އެންސްޕައިން ވަނީ ޖުމްލަ 4،834،087 (ހަތަރު މިލިއަން އައް ލައްކަ ތިރީސް ހަތަރުހާސް އައްޑިހަ ހަތް) ރުފިޔާ ހޭދަކޮށްފައެވެ. އެ ހަރުދައް ދީފައިވަނީ ޖުމްލަ 324 މީހުންނަށް ކަމަށް ވީރު އެއީ 248 ފިރިހެނުން އަދި 76 އަންހެނުން ކަން އެންސްޕާއިން ފާހަގަކޮށްފައިވެއެވެ.
އެންސްޕާއިން ވަނީ ވަކިވަކި ތެރަޕީގެ ބާވަތްތަކާއި ހަރަުކޮށްފައިވާ އަދަދުވެސް ހާމަކޮށްފައެވެ. އެގޮތުން ބިހޭވިއާ ތެރަޕީ އަށް 1.6 މިލިއަން ރުފިޔާ، އޮކިއުޕޭޝަނަލް ތެރަޕީއަށް 1.2 މިލިއަން ރުފިޔާ، ސައިކޯ ތެރަޕީއަށް 21.9 ހާސް ރުފިޔާ، އާރލީ އިންޓަވެންޝަން އަށް 32.5 ހާސް ރުފިޔާގެ އިތުރުން ސްޕީޗް ތެރަޕީ އަށް 1.2 މިލިއަން ރުފިޔާ، އެޑިއުކޭޝަނަލް ތެރަޕީ އަށް7.5 ލައްކަ ރުފިޔާ އަދި ފިޒިއޯތެރަޕީ އަށް 24.5 ހާސް ރފިޔާ އެންސްޕައިން ހޭދަކޮށްފައިވަ ކަމަށް އެންސްޕާގެ ތަފާސްހިސާބުތަކުން ދައްކައެވެ.