ސަރުކާރުގެ މަސްކުންފުނި، މިފްކޯއަށް މަސްގަންނަ އަގު މިއަދު ހުރީ 22 ރުފިޔާގައި ކަމަށް އެކުންފުނިން ބުނެފިއެވެ.
އެ ކުންފުނިން މަހުގެ އަގު ކަނޑަޅެމުގައި މިހާރު ގެންގުޅެމުންދަނީ ބާޒާރުގެ އަގަށް ބަލާ ފްލޯޓިން ޕްރައިސް އުސޫލެކެވެ.
މިފްކޯއިން ބުނީ، އެ ކުންފުނީގެ ފެލިވަރު، ކޫއްޑޫ އަދި އައްޑޫގައި ޤާއިމުކޮށްފައިވާ ކާރުހާނާތަކުގެ އިތުރުން ގދ.ތިނަދޫ، ހއ. އިހަވަންދޫ، މ. މުލައް، ލ. ހިތަދޫ ބަނދަރުން ކަޅުބިލަމަސް 22 ރުފިޔާއަށް ގަންނަމުންދާނެ ކަމަށެވެ. އަދި ބޮޑު ކަންނެލި 15 ކިލޯއިން މަތި 25 ރުފިޔާއަށް ގަންނައިރު، ބޮޑު ކަންނެލި 10-15 ކިލޯ ގަންނާނީ 20 ރުފިޔާއަށް ކަމަށްވެސް މިފްކޯ އިން ބުނެފައި ވެއެވެ.