ރައްޔިތުންގެ އަޑު ޕްރޮގުރާމުގައި ބައިވެރިވުމުގެ ފުރުސަތު އިތުރު 8 ދާއިރާއަކަށް ހުޅުވާލައިފިއެވެ.
ސަރުކާރުން އެކްސްގައި އާންމުކޮށްފައިވާ ޕޯސްޓެއްގައި ބުނީ، ރައްޔިތުންގެ އަޑު ޕްރޮގުރާމުގައި ބައިވެރިވުމުގެ ފުރުސަތު 18 އޮކްޓޯބަރުގެ 00:00 ގެ ކުރިން އިތުރު 8 ދާއިރާ އަކަށް ހުޅުވާލާފައިވާ ކަމަށެވެ.
ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާ ދާއިރާތަކުގެ ތެރޭގައި، ހެންވެއިރު މެދު ދައިރާ، މާފަންނު ހުޅަނގު ދާއިރާ، ހަނިމާދޫ ދާއިރަ، ކެނދިކުޅުދޫ ދައިރާ، އޭދަފުށީ ދާއިރާ، ތިމަރަފުށީ ދާއިރާ، މަޑަވެލި ދާއިރާ އަދި ހިތަދޫ ދެކުނު ދާއިރާ ހިމެނެއެވެ.
ރައްޔިތުންގެ އަޑު ޕްރޮގުރާމަކީ ރައްޔިތުންނަށް ދިމާވާ މައްސަލަތަކަށް ހައްލު ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ، ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމުގެ މަތިން، ވަކި ވަކިން ރައްޔިތުންނާއި ބައްދަލުކޮށް ވާހަކަދެއްކުމުގެ ފުރުސަތު ދިނުމަށް ކުރިއަށް ގެންގާ ޕްރޮގުރާމެކެވެ.
ރާއްޖޭގެ އިންތިހާބީ 93 ދާއިރާގެ ތެރެއިން، މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށްގެންދާ މި ސިލްސިލާގެ 7 އެޕިސޯޑެއް މިހާރު ވަނީ އާންމުކޮށްފައެވެ.