ހުޅުމާލެ ފޭސް 1 ގައި އާންމު ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭގޮތަށް ނުރައްކާތެރިކޮށް ދުއްވި ސައިކަލެއް ޓޯކޮށް ފިޔަވަޅު އަޅާފައިވާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފިއެވެ.
ފުލުހުން ބުނީ، އޮކްޓޫބަރު 9 ވަނަ ދުވަހުގެ ރޭ 22:30 އެހައިކަންހާއިރު، ހުޅުމާލެ ފޭސް 1 ގައި އާންމު ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭގޮތަށް ނުރައްކާތެރިކޮށް ދުއްވި ސައިކަލެއް ޓޯކޮށް ފިޔަވަޅު އަޅާފައިވާ ކަމަށެވެ. އަދި މިކަން ފާހަގަވެފައިވަނީ އެ ވަގުތު ހުޅުމާލެތެރެ ޕެޓްރޯލް ކުރަމުންދިޔަ ބީޓަކަށް ކަމަށް ފުލުހުން ބުނެއެވެ.
އެގޮތުން، ކިނބިގަސްމަގު ފްލެޓް 12 ކައިރިން ދެކުނުން އުތުރަށް ދުއްވާފައި ދިޔައިރު، ސައިކަލުގެ ކުރީ ފުރޮޅު ހިއްލައިގެން ނުރައްކާތެރިކޮށް ދުއްވާފައިވާކަން ވަނީ ފާހަގަކުރެވިފައިވާ ކަމަށާއު، އެކަމާ ގުޅިގެން، އުޅަނދު ޓޯކުރުމުގެ އިތުރުން ސައިކަލު ދުއްވަން އިން 20 އަހަރުގެ ފިރިހެން މީހާ ހުއްޓުވައި، އޭނާ ޖޫރިމަނާކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ކުރަމުންގެންދާ ހާއްސަ މަސައްކަތްތަކުގެ ތެރެއިން މިފަދަ ނުރައްކާތެރި އަމަލުތައް ހިންގާ ފަރާތްތަކާމެދު ފުލުހުން ދަނީ ހަރުކަށި ފިޔަވަޅު އަޅަމުންނެވެ.