މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެސްސީއެސް) އިން "ސެޓްފިކެޓް 1 އިން ބޭސިކް ކަރެކްޝަނަލް އޮފިސަރސް ޓްރޭނިންގ" ޕްރޮގްރާމްގެ ތިންވަނަ ބެޗް ދަސްވެނިވުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

ބޭސިކް ކަރެކްޝަނަލް އޮފިސަރސް ކޯހުގެ ތިން ވަނަ ބެޗް ދަސްވެނިވެއްޖެ
ބޭސިކް ކަރެކްޝަނަލް އޮފިސަރސް ކޯހުގެ ތިން ވަނަ ބެޗް ދަސްވެނިވެއްޖެ

މާފުށީ ޖަލުގައި ރޭ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޮލޮޖީ ޢަލީ އިޙުސާންއެވެ. މިނިސްޓަރގެ އިތުރުން ސްޓޭޓް މިނިސްޓަރު އުސްތާޛް އަޙްމަދު ސިއްދީޤް، ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު ޞޮބާޙް އަދި ޖަލުތަކުގެ ޑައިރެކްޓަރުންނާއި ކޮމިޝަންޑް އޮފިސަރުން މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

ބޭސިކް ކަރެކްޝަނަލް އޮފިސަރސް ކޯހުގެ ތިން ވަނަ ބެޗް ދަސްވެނިވެއްޖެ
ބޭސިކް ކަރެކްޝަނަލް އޮފިސަރސް ކޯހުގެ ތިން ވަނަ ބެޗް ދަސްވެނިވެއްޖެ

33 ބައިވެރިންނާއެކު ފެށި މި ކޯސް ފުރިހަމަކޮށްފައިވަނީ 32 ދަރިވަރުންނެވެ. މީގެ ތެރޭގައި އިންޑަކްޝަން ޓްރޭނިންގ ހަދާފައިވާ ތިން އޮފިސަރުން ހިމެނެއެވެ.

މި ކޯސް މައިގަނޑުގޮތެއްގައި އަމާޒުކޮށްފައިވަނީ ޖަލު އޮފިސަރުން އަދާކުރަން ޖެހޭ މަސްޢޫލިއްޔަތަކާއި ވާޖިބުތަކާއި އަދި ހުނަރު ދަސްކޮށްދިނުމުގެ މައްޗަށެވެ. މިއީ މި ސަރވިސްއާ އަލަށް ގުޅޭ އޮފިސަރުން ފުރިހަމަ ކުރަންޖެހޭ އަސާސީ ތަމްރީން ޕްރޮގުރާމެކެވެ. މިއީ މި ސަރވިސްއާ އަލަށް ގުޅޭ އޮފިސަރުން ފުރިހަމަ ކުރަންޖެހޭ އަސާސީ ތަމްރީން ޕްރޮގުރާމެކެވެ.

މީގެއިތުރުން ޤައިދީން އިސްލާޙުކޮށް، ކުރިއަށް ދާންވީމަގު ހޯދުމަށް އެހީތެރިވުމުގައި ޕްރިޒަން އޮފިސަރުން އަދާކުރާ ރޯލުގެ މުޙިއްމުކަން ދޭހަކޮށްދިނުމުގެ ގޮތުން، ފުރަތަމަ ފަހަރަށް މި ކޯހުގައި "އިންޓްރޮޑަކްޝަން ޓު ރިހެބިލިޓޭޝަން" މޮޑިއުލެއް ވަނީ އެކުލަވާލާފައެވެ.

މި ރަސްމިއްޔާތުގައި ޕްރޮގްރާމް ފުރިހަމަކުރި ފަރާތްތަކަށް ސެޓްފިކެޓް ދިނުމާއި، ހަޔަރ ޑިސްޓިންކްޝަން އާއި ވަނަތައް ހާސިލްކުރި ފަރާތްތަކަށް މެޑަލް އާއި ޕްލާކް ދިނުން ހިމެނުނެވެ. އެގޮތުން މި ޕްރޮގްރާމްގެ "ބެސްޓް އޯލް ރައުންޑް" އަށް ޕްރިޒަން ޕްރައިވެޓް ހަމްނާ ނައީމް ހޮވިފައިވާއިރު، ޕްރޮގްރާމްގެ ފިޓަސްޓް ފިރިހެން އަދި އަންހެން އޮފިސަރުންނަށް ހޮވިފައިވަނީ ޕްރިޒަން ޕްރައިވެޓް މުޙައްމަދު ދާނިޝް ފަޠުހުﷲ އާއި ޕްރިޒަން ޕްރައިވެޓް ޒުމްރާ އަޙްމަދުއެވެ. ޗާލީ ޕްލެޓޫނުން އެންމެ ފާހަގަކޮށްލެއްވޭ އޮފިސަރަށް ޕްރިޒަން ޕްރައިވެޓް މުޙައްމަދު އައިހަމް ޙަސަން ހޮވިފައިވާއިރު، އައިވަރީ ޕްލެޓޫނުން ހޮވިފައިވަނީ ޕްރިޒަން ޕްރައިވެޓް ލޫޠު އިބްރާހިމްއެވެ. އަދި “އެންމެ މޮޅު ޕްލެޓޫން” ށް ހޮވިފައިވަނީ ޗާލީ ޕްލެޓޫންއެވެ.

ދަސްވެނިވި ހުރިހާ ފަރާތްތަކަށް ޕްރިޒަން އޮފިސަރުންގެ ހުވާ ލާދެއްވީ، ކ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އަލްއުސްތާޛް މޫސާ ނަސީމްއެވެ.