ފިލްމީ ދާއިރާގެ 3 މީހުންނާއެކު ވިލިމާލެ އިން 4 މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ، ދިވެހި ފުލުހުންގެ ހިދުމަތުން ވިލިމާލޭގައި ކުރިއަށް ގެންދާ އެންޓި ނާކޮޓިކްސް އޮޕަރޭޝަނެއްގައި ދިވެހި 4 ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައި ފާސް ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.
މީގެ އިތުރުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހުންގެ ތެރޭގައި ފިލްމީ ދާއިރާގައި ހަރަކާތްތެރިވާ 3 މީހަކު ހިމެނެ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
އިތުރު މައުލޫމާތު ފަހުން ހިއްސާކުރާނެ ވާހަކަ ވެސް ފުލުހުން ވަނީ ބުނެފައެވެ.