މާލޭ އުތުރު ފަރާތު ބަނދަރުގައި ފިންގަރ ޖެޓީ ހެދުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ.
އެމްޓީސީސީން މައުލޫމާތު ދިންގޮތުގައި މި މަޝްރޫއުގެ ދަށުން، 25 މީޓަރު ފުޅާ 3 ޖެޓީއާއި 15 މީޓަރު ދިގު 6 މީޓަރު ފުޅާ 3 ޖެޓީ ހަދާނެއެވެ. މި މަޝްރޫއަކީ 18.98 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
މި މަޝްރޫއުގެ މަސައްކަތް ނިމުމާއެކު، މި ޖެޓީތައް ބޭނުންކުރައްވާ އާއްމު ރައްޔިތުންނާއި ދަތުރުވެރިންނަށް ވަރަށް ބޮޑު ފަސޭހަތަކެއް ލިބިގެންދާނެއެވެ. މިގޮތުން، ބަނދަރު މަތީ ތޮއްޖެހުން ކުޑަވާނެ ކަމަށް އެމްޓީސީސީއިން ވަނީ ބުނެފައެވެ. އަދި ބޭރުގައި އޮންނަ ލޯންޗަކަށް އަރަން، މަގުތުގައި ހުންނަ އެއް ލޯންޗުން އަނެއް ލޯންޗަށް އަރައިގެން އުފުލާން ޖެހޭ ތަކުލީފާއި އުނދަގޫތައްވެސް ނިމުމަކަށް އަންނާނެ ކަން އެމްޓީސީސީން ވަނީ ފާހަގަކުރައްވާފައެވެ. މިއީ ކުޑަކުދީންނާއި، އިސްރަށްވެހީންނާއި، ލަގެޖް ހިފައިގެން ދަތުރު ކުރައްވާ ފަރާތްތަކަށްވެސް، ބޮޑު ލުއިފަސޭހަޔަކަށް ވާނެ ކަމައް ކަމަށް އެމްޓީސީސީއިން ވަނީ ބުނެފައެވެ.
މި ގޮތަށް ޖެޓީތައް ހެދުމުން، ބަނދަރު ބޭނުންކުރާ ފަރާތްތަކަށްވެސް އިތުރު ޖާގަ ލިބި، ގިނަ އުޅަނދުތަކަކަށް އެއްފަހަރާ ޖެޓީއާ ކައިރި ކުރުމުގެ ފުރުސަތު ހުޅުވިގެންދާނެ ކަން ފާހަގަކޮށް އެމްޓީސީސީއިން ބުނީ އޭގެ ނަތީޖާއެއްގެ ގޮތުން، ދަތުރުތައް އަވަސްވެ، އުޅަނދުފަހަރަށް އަރައިފައިބާ ދަތުރުވެރީންނަށްވެސް އިތުރު ރައްކާތެރިކަން ލިބުން ކަމަށެވެ.