ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ އަމާން އުދަރެސްގެ ޓަވަރަކުން 20 އަހަރުގެ ޒުވާނަކު ވެއްޓި ނިޔާވެއްޖެއެވެ.

ފުލުހުން މިއަދު ބުނީ މި ހާދިސާގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މިއަދުގެ 14:26 އެހައިކަންހާއިރު ކަމަށެވެ.

އަމާން އުދަރެސް 8 ވަނަ ޓަވަރުގެ 15 ވަނަ ފްލޯގެ އެޕާޓްމަންޓަކުން ވެއްޓުނީ އުމުރުން 20 އަހަރުގެ ފިރިހެނެކެވެ.

އެ މީހާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ނިޔާވެފައިވާކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން މައުލޫމާތު ދެއެވެ.

މި ހާދިސާ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.