އެގްރޯ ނޭޝަނަލް ކޯޕަރޭޝަން (އެގްރޯނެޓް) ގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ މުހައްމަދު އަނަސް އަދި އެމްޑީއަކަށް މުހައްމަދު ސިނާން މިއަދު އައްޔަނު ކުރައްވައިފިއެވެ.

މިފްކޯއިން މިއަދު ކުރި ޕޯސްޓެއްގައި ބުނީ އެގްރޯނެޓްގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނު ކޮށްފައިވާ ކަމަށެވެ.

އެގޮތުން އެގްރޯނެޓްގެ ޗެއާމަންގެ މަގާމަށް މިފްކޯގެ ސީއީއޯ މުހައްމަދު އަނަސް އައްޔަނުކޮށްފައިވާއިރު، މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަނުކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު މުހައްމަދު ސިނާން އެވެ.

https://www.facebook.com/share/1aYs9hHce6/

މިދިޔަ މަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޑރ. މުހައްމަދު މުޢިއްޒު ވަނީ ހަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން އެގްރޯ ނޭޝަނަލް ކޯޕަރޭޝަން މިފްކޯގެ ދަށަށް ބަދަލު ކުރަން ނިންމިކަން ހާމަކުރައްވާފައެވެ.