މެޕްސް ކޮލެޖުގެ ޖެނުއަރީ 2027 އިންޓޭކްގެ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު އެ ކޮލެޖުން ހުޅުވާލައިފިއެވެ.

މެޕްސް ކޮލެޖުން މައުލޫމާތު ދޭ ގޮތުގައި ޖެނުއަރީ 2027 އިންޓޭކްގައި އެ ކޮލެޖުގެ ލެވަލް 3 އިން ލެވަލް 7 ގެ ކޯސްތަކަށް ބައިވެރިވެވޭނެއެވެ. މީގެ ތެރޭގައި މެޕްސް އެޑްވާންސްޑް ސެޓްފިކެޓް، ޑިޕްލޮމާ، އެސޯސިއޭޓް ޑިގްރީ އަދި ބެޗްލަރސް ޑިގްރީ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ދަރިވަރުންނަށް ލިބޭނެއެވެ.

މި އިންޓޭކުގައި ހުޅުވާލި ދާއިރާ ތަކުގެ ތެރޭގައި އެކައުންޓިންގ އެންޑް ބިޒްނަސް، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ހިއުމަން ރިސޯސް މެނޭޖްމަންޓް، މާކެޓިންގ މެނޭޖްމަންޓް، ޕްރޮޖެކްޓް މެނޭޖްމަންޓް، ޕްރޮކިއުމަންޓް، ލޮޖިސްޓިކްސް އެންޑް ސަޕްލައި ޗެއިން މެނޭޖްމަންޓް، ޓޫރިޒަމް މެނޭޖްމަންޓް އަދި އިންފޮމޭޝަން ޓެކްނޮލޮޖީ ހިމެނެއެވެ. މި ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު މިހާރުވަނީ ހުޅުވާލެވިފައެވެ. އޭ.ސީ.ސީ.އޭ އަދި މެޕްސް އެކައުންޓިންގެ އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ 17 ޑިސެމްބަރު 2026 އަދި މެޕްސް ކޮލިފިކޭޝަންސް އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ 2026 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހާ ހަމައަށެވެ. އޭ.ސީ.ސީ.އޭ އަދި މެޕްސް އެކައުންޓިންގެ ކިޔެވުން ފެށެން ހަމަޖެހިފައިވަނީ 3 ޖެނުއަރީ 2027 ގައެވެ. މެޕްސް ކޮލިފިކޭޝަންސްގެ ކިޔެވުން ފެށެން ހަމަޖެހިފައިވަނީ 17 ޖެނުއަރީ 2027 ގައެވެ.

އޯލެވެލް އަދި އޭލެވެލްގެ 3 މާއްދާއިން ފާސްވުން ނުވަތަ، ކާމިޔާބު ކަމާއެކު ލެވަލް 3، ލެވަލް 4، ޑިޕްލޮމާ އަދި އެސޯސިއޭޓް ޑިގްރީ ނިންމާފައިވާ ދަރިވަރުންނަށް މެޕްސް ކޮލެޖުން ހިންގާ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެއެވެ. ހަމައެއާއެކު ދަރިވަރުންނަށް "އޯލްޓަނޭޓިވް އެންޓްރީ"ގެ ދަށުން ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތުތަކެއް ހުންނާނެ ކަމަށް މެޕްސް ކޮލެޖުން މައުލޫމާތުދެއެވެ.

މެޕްސް ކޮލެޖުގެ ހުރިހާ ކޯސްތަކެއް ވެސް ބައްޓަން ކުރެވިފައި ވަނީ މަހުން މަހަށް ބަހާލައިގެން ކޯސް ފީ ދެއްކޭނެ އިންތިޒާމެއްގެ ދަށުންނެވެ. މިހުރިހާ މަޢުލޫމާތެއް މެޕްސް ކޮލެޖުގެ ވެބްސައިޓް www.maps.edu.mv މެދުވެރިކޮށް ލިބިގެންދާއިރު، މަތީ ތަޢުލީމު ޙާޞިލުކުރުމުގައި ކުރިޔަށް ދާންވީ ދާއިރާއެއް ޚިޔާރު ކުރުމުގައި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ހާއްސަ 'ކެރިއަރ ގައިޑެންސް' ސެޝަންތަކެއް ވެސް މެޕްސް ކޮލެޖުން އިންތިޒާމްކޮށްދެއެވެ. މެޕްސް ކޮލެޖުގެ ނަމްބަރު 7910600 ނުވަތަ ސޯޝަލް މީޑިއާ މެދުވެރިކޮށް ވެސް މިކަމުގައި މެޕްސް ކޮލެޖުގެ އެހީތެރިކަން ހޯދިދާނެއެވެ.

މެޕްސް ކޮލެޖަކީ ދިގު މުއްދަތެއް ވަންދެން މަތީ ތައުލީމު އުނގަންނައިދިނުމުގެ ޚިދުމަތް ރާއްޖޭގެ ގިނަ ބަޔަކަށް ފޯރުކޮށްދެމުން އަންނަ ރާއްޖޭގެ އެންމެ ދުވަސްވީ އެއް ކޮލެޖެވެ. ތައުލީމީ ދާއިރާގައި 27 އަހަރު ކަޑައްތުކޮށްފައިވާ މެޕްސް ކޮލެޖުން އަންނަނީ 2019 ވަނަ އަހަރުން ފެށިގެން ކާމިޔާބު ކަމާއެކު އޮންލައިންކޮށް ކޯސްތައް ހިންގުމުގެ ޚިދުމަތް އާއްމުންނަށް ފޯރުކޮށްދެމުންނެވެ.