މެލޭޝިޔާގެ ކުއާލަ ލަމްޕޫރުގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ނިޔާވި، ޒުވާނާގެ ޢާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.
ރޭ ހިނގި އެކްސިޑެންޓްގައި ނިޔާވެފައިވަނީ އުމުރުން 22 އަހަރުގެ ދިވެހިޒުވާނެއް ކަމަށްވާ، އާމިނާ އިމީލީ ނާޒިމް އެވެ.
ރައީސް ވަނީ މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ އިމީލީ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުމަށް އެދި ދުއާ ދަންނަވާފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެކްސިޑެންޓުވި ޓެކްސީގައި ތިބީ ދިވެހި 2 އަންހެން ދަރިވަރުންނެވެ. މި އެކްސިޑެންޓުގައި ނިޔާވި އަންހެން ދަރިވަރުގެ ބޮލަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާއިރު، ކާރުގައި އިން ދެވަނަ މީހާގެ ހާލު ސީރިއަސް ނޫންކަމަށް މައުލޫމާތު ލިބެއެވެ.