ށ. އަތޮޅުގެ ތިން ރަށެގައި ލެބޯޓަރީގެ ހިދުމަތް ފަށައިފިއެވެ.

މި ތިން ރަށުގައި ލެބޯޓަރީގެ ހިދުމަތް ފަށާފައިވަނީ ސިއްހަތާއި އާއިލާއާއި އިޖްތިމާއީ އެހީއާއި ބެހޭ ވަޒީރު ގީލާ އަލީ ށ. އަތޮޅަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

އެގޮތުން މި ހިދުމަތް އަލަށް ފަށާފައިވަނީ ށ. ނޫމަރާ، ށ. ނަރުދޫގެ އިތުރުން ށ. ޅައިމަގުގައެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ލެބޯޓަރީގެ ހިދުމަތް ގާއިމުކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

އެގޮތުން މިހާތަނަށް ލެބޯޓަރީގެ ހިދުމަތް ލިބެން ނެތް 76 ރަށެއްގައި މި ހިދުމަތް ގާއިމުކުރުމުގެ މަސައްކަތް ސަރުކާރުން މިހާރު އަންނަނީ ވަރަށް ބާރު ސްޕީޑެއްގައި ކުރިއަށް ގެންދަމުންނެވެ.

ނޫމަރާގެ ލެބޯޓަރީއަކީ މިސަރުކާރުން އަތޮޅުތަކުގައި ހުޅުވި 22 ވަނަ ލެބޯޓަރީ ކަން ފާހަގަކޮށްލެވެއެވެ.