ރާއްޖޭގައި ވިއްކާ ބޯފެނުގައި ނުރައްކާތެރި ކެމިކަލެއް ހިމެނޭ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ޕޯސްޓަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފިއެވެ.

އެމްއެފްޑީއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ "ޑައިހައިޑްރޮޖަން މޮނޮކްސައިޑް" އަކީ ފެނުގެ ކެމިކަލް ނަން ކަމަށެވެ. އަދި ބޯފެނުގައި މި މާއްދާ ހުރުކަމަކީ ނުރައްކަލެކޭ ބުނެ އާންމުންނަށް ކަންކަން އޮޅޭ ގޮތަށް ފަތުރާފައިވާ ވަރަށް ބޮޑު ކުށްހީއެއް ކަމަށް އެމްއެފްޑީއިން ބުނެފައިވެއެވެ.

އާންމުން ސިއްހަތާއި ރައްކާތެރިކަމަކީ ސަމާސާއެއް ނޫން ކަމަށް އެ އޮތޯރިޓީން ވަނީ ބުނެފައެވެ. އަދި މަޖަލަކަށް ނުވަތަ ސަމާސާއަކަށް ވިޔަސް މިފަދަ ދޮގު ޚަބަރުތައް ހަދައި، ފެތުރުމަކީ އާންމުންގެ މެދުގައި ކަންބޮޑުވުމް އުފެދޭ ގޮތަށް ކަންކަން ނުކުރުމަށް އެމްއެފްޑީއިން ވަނީ އިލްތިސާސްކުރައްވާފައެވެ.