މިދިޔަ މަހު މިފްކޯއަށް ކިރުވި މަހަށް 27 މިލިޔަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފިއެވެ.
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮންޕެނީ ލިމިޑެޓް (މިފްކޯ)އިން މިއަދު ވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ މަސް ރިޕޯޓު އާންމުކޮށްފައެވެ.
އެގޮތުން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ ސެޕްޓެންބަރު މަހު މިފްކޯއަށް 453 ދޯންޏަކުން ވަނީ 1288 ޓަނުގެ މަސް ކިރުވާފައެވެ. އަދި މިފްކޯއަށް ކިރުވި މަހަށް 27،323،275 (ހަތާވީސް މިލިއަން ތިންލައްކަ ތޭވީސް ހާސް ދުއިސައްތަ ހަތްދިހަ ފަސް) ރުފިޔާ ވަނީ ދޫކޮށްފައެވެ.
އެ މުއްދަތުގެ ތެރޭގައި 451 ދޯންޏަކުން މިފްކޯއަށް ކިރުވި ކަޅުބިލަމަހުގެ 1281 ޓަނަށް ދޫކުރި ފައިސާގެ އަދަދަކީ 27،226،555 (ހަތާވީސް މިލިއަން ދެ ލައްކަ ސައްބީސް ހާސް ފައްސަތޭކަ ފަންސާސް ފަސް) ރުފިޔާ އެވެ. އަދި އެ މުއްދަތުގެ ތެރޭގައި އެންމެ ދޯންޏަކުން މިފްކޯއަށް ކިރުވި 10 ކިލޯއިން މަތީގެ 0.5 ޓަނުގެ ކަންނެއްޔައް ދޫކުރީ 900 ރުފިޔާ އެވެ.
މީގެ އިތުރުން އެ މުއްދަތުގެ ތެރޭގައި 5 ދޯންޏަކުން ކިރުވި 15 ކިލޯއިން މަތީގެ 3.8 ޓަނުގެ މަހަށް ދޫކުރީ 95،825 ރުފިޔާ އެވެ.