"އަހާ" ފޯރަމްގެ އާ ޕްރޮގްރާމެއް ދައުލަތުގެ ތިން ވަޒީރަކާ އެކު މިރޭ ބޭއްވުމަށް ނިންމައިފިއެވެ.

އަހާ ފޯރަމަކީ ސަރުކާރުން ހިންގާ މަޝްރޫޢުތަކުގެ އެންމެ ފަހުގެ މަޢުލޫމާތުތައް ފޯރުކޮށްދީ، ސަރުކާރާއި ރައްޔިތުންނާ ދެމެދު އޮންނަ ގުޅުން ބަދަހިކުރުމަށް ބާއްވާ ސިލްސިލާ ފޯރަމްތަކެކެވެ.

އެގޮތުން މިރޭ ބާއްވަން ހަމަޖެހިފައިވާ އަހާ ސިލްސިލާގެ ފޯރަމް އޮންނާނީ މިރޭ 21:00ގައި، ސަލްޓަން ޕާކުގެ އިވެންޓް އޭރިއާގައެވެ. އެ ފޯރަމްގައި ބައިވެރިވުމަށް ފޯރަމް އޮންނަ ތަނަށް ގޮސް ސުވާލުކުރުމުގެ ފުރުސަތާއި ފޯރަމް ކުރިއަށްދާ ވަގުތު، ފޭސްބުކް، އެކްސް އަދި ޕީއެސްއެމް އެއަރ އެޕް މެދުވެރިކޮށްވެސް ވަޒީރުންނާ ސުވާލުކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ޕީއެސްއެމް ގުޅިގެން ކުރިއަށްގެންދާ "އަހާ" ސިލްސިލާ ފޯރަމްތައް ފަށާފައިވަނީ، 2024 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައެވެ. ސަރުކާރުގެ ވުޒާރާތަކާއި އިދާރާތަކުގެ މަސައްކަތްތަކާ ގުޅޭގޮތުން އެކަމުގެ މަސްޢޫލުވެރި އެންމެ އިސް ފަރާތްތަކާ ސުވާލުކޮށް ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތަކަށް ޖަވާބު ހޯދުމުގެ ފުރުޞަތު އަހާ ފޯރަމުން ވަނީ ފަހިކޮށްދީފައެވެ.