އަންނަ އަހަރުގެ ދިރާސީ އަހަރު ޖެނުއަރީ 17 ފަށަން ނިންމާފައިވާ ކަމަށް ތަޢުލީމާއި މަތީ ތަޢުލީމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ބުނެފިއެވެ.
ތައުލީމީ ވުޒާރާއިން ނެރެފައިވާ 2027 ވަނަ އަހަރުގެ ވަގުތީ ދިރާސީ ކަލަންޑަރުގައިވާ ގޮތުން ޓީޗަރުން ރިޕޯޓު ކުރާ ދުވަހަކީ 13 ޖެނުއަރީއެވެ.
ފުރަތަމަ ޓާމުގައި 114ދުވަސް ހިމެނޭއިރު، ޓާމު ނިމެނީ ޖުލައި މަހުގެ 15 ވަނަ ދުވަހުއެވެ. އޮގަސްޓް މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ޑިސެމްބަރު މަހުގެ 9ށް ދެވަނަ ޓާމު ކުރިއަށް ދާން ކަނޑައަޅާފައިވާއިރު، ދެވަނަ ޓާމުގައި ހިމެނެނީ 87 ދުވަހެވެ.
ފުރަތަމަ ޓާމުގެ މެދު ޗުއްޓީ ލިބޭނީ މެއި މަހުގެ 16 ން 22 އަށެވެ. ދެވަނަ ޓާމުގެ މެދު ޗުއްޓީ ލިބޭނީ ސެޕްޓެމްބަރު މަހުގެ 19 ން 25އަށެވެ.
ފުރަތަމަ ޓާމުގެ އިމްތިހާނު ކުރިއަށް ދާނީ 29 ޖޫން އިން 10 ޖުލައި އަށެވެ. ދެވަނަ ޓާމުގެ އިމްތިހާނު ކުރިއަށް ދާނީ 23 ނޮވެމްބަރުން ފެށިގެން 4 ޑިސެމްބަރަށެވެ. ގުރޭޑް 10ގެ ކުދިންނާއި ގުރޭޑް 12ގެ ދަރިވަރުންގެ މޮކް އެގްޒާމް ކުރިއަށް ދާނީ 26 އޮގަސްޓްއިން 9 ސެޕްޓެމްބަރަށެވެ.