ށ. މަރޮށީގައި ލެބޯޓަރީގެ ޚިދުމަތް ޞިއްޙަތާއި ޢާއިލާއާއި އިޖްތިމާޢީ އެހީއާ ބެހޭ ވަޒީރު ޤީލާ ޢަލީ ފައްޓަވާދެއްވައިފިއެވެ.
މަރޮށީ ޞިއްޙީ މަރުކަޒުގައި ލެބޯޓަރީގެ ޚިދުމަތް ފެށުމަށް މިއަދު އެރަށުގައިވަނީ، ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި ޞިއްޙީ ވަޒީރު ޤީލާ ޢަލީގެ އިތުރުން ސިއްޙީ ވުޒާރާގެ އިސްވެރިންނާއި، މަރޮށީގެ ކައުންސިލްގެ އިސްވެރިންނާއި، ސިއްޙީ މަރުކަޒުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.
އައު ލެބޯޓަރީއާއެކު ޞިއްޙީ ޚިދުމަތް 24 ގަޑިއިރަށް ބަދަލުވުމަކީ އެރަށަށް ލިބުނު ބޮޑު ކުރިއެރުމެއްކަމަށް ވަޒީރު ގީލާ ވިދާޅުވިއެވެ.
ލެބޯޓަރީ ޚިދުމަތް ފެށިގެން ދިޔުމުން ޓެސްޓުތައް ހެދުމަށް އެހެން ރަށްރަށަށް ދަތުރުކުރަން ޖެހުން ނިމުމަކަށް އަންނާނެކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.
މަރޮށީގައި މީގެ ކުރިން ޞިއްޙީ މަރުކަޒުގެ ޚިދުމަތް ދެމުންއައީ 16 ގަޑިއިރަށެވެ.