ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރު އަދި ގާނޫނީ ވަކީލު، ފާތިމަތު ސައުސަން ނިޔާވެއްޖެއެވެ.

ސައުސަން ނިޔާވެފައިވަނީ، ބޭސްފަރުވާއަށް އިންޑިއާއަށް ވަޑައިގެން އުޅުއްވަނިކޮށް މިއަދު ހެނދުނުގެ ވަގުތެއްގައި ކަމަށް މައުލޫމާތު ލިބެއެވެ. އެނގިފައިވާ ގޮތުގައި އޭނާ ނިޔާވީ ކެންސަރު ބަލީގައެވެ.

ސައުސަން ނިޔާވުމުގެ ކުރިން މަސައްކަތްކުރައްވާފައި ވަނީ، އިންޑަސްޓްރިއަލް ޑިސްޕިއުޓް ރިޒޮލިއުޝަން ޑިވިޒަންގެ މެމްބަރެއްގެ ގޮތުގައެވެ.

ސައުސަން ޓްރައިބިއުނަލްގެ އިންޑަސްޓްރިއަލް ޑިސްޕިއުޓް ރިޒޮލިއުޝަން ޑިވިޒަނަށް ހާއްސަކޮށް ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ މެންބަރުކަމުގެ މަގާމަށް އައްޔަންކުރެއްވީ 2024 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ދެވަނަ ދުވަހުއެވެ.