މާލެ، ބޮޑުތަކުރުފާނުމަގުގައި ގަވާއިދާ ހިލާފަށް ޕާކުކޮށްފައިވާ އުޅަނދުތައް ޓޯކުރުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

މި މަސައްކަތުގެ ތެރެއިން، ރެއިން ފެށިގެން މިހާތަނަށް ހަތަރު ފުރޮޅުލީ 9 އުޅަނދު ޓޯކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ގަވާއިދާ ހިލާފަށް ޕާކުކޮށްފައިވާ އުޅަނދުތައް މަގުމަތިން ނެގުމަށް ފުލުހުން ކުރަމުންދާ މި މަސައްކަތް މިރޭވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

އެހެންކަމުން، މަގުމަތީގައި ގަވާއިދާ ހިލާފަށް އުޅަނދު ޕާކުނުކުރުމަށާއި، އަދި އެގޮތަށް ޕާކުކޮށްފައިވާ އުޅަނދުތައް ނެގުމަށް އެންމެހައި ފަރާތްތަކަށް ދިވެހި ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.