ސިއްރު އެއްބަސްވުމެއްގެ ދަށުން ހިނގާ އެއްވެސް ކަމަކަށް އާއެކޭ ބުނެގެން ނުވާނެ ކަމަށް ކުރީގެ ރައީސް، އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ 5 ވަނަ ކޮންގުރެސް ހުޅުވުމުގެ ރަސްމިއްޔާތުގައި މިހާރު އެންމެ ބާރަށް އިވޭ އެއް އަޑަކީ ފުށިދިއްގަރު ފަޅު ނުވަތަ ރަސްމާލެ ބޭރުގެ ކުންފުންޏަކަށް ދޭން އުޅޭ ވާހަކަކަން ފާހަގަކުރައްވާ ރައީސް ސޯލިހު ވިދާޅުވީ، ފުށިދިއްގަރު ފަޅުން 1150 ހެކްޓަރުގެ ބިން ހިއްކަނީ ދިވެހި ރައްޔިތުންގެ ފައިސާއިން ކަމަށެވެ. އަދި ރައްޔިތުން ގާތްގަނޑަކަށް 700 މިލިއަން ޑޮލަރު އެތަނަށް އެބަ ހޭދަކުރާ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

ރައީސް ސޯލިހު ވިދާޅުވީ، އޭގެތެރެއިން 500 ހެކްޓަރު، މާލެ އަށް ވުރެ ބޮޑު 2 ބިމެއް ހިލޭ، ބޭރުގެ ބަޔަކަށް ދޭން އުޅޭ ވާކައިގެ އަޑު ވަރަށް ބާރަށް މިއަދު އިވެމުންދާކަމަށެވެ. އެކަމަށް އިޝާރާތްކުރައްވާ ރައީސް ސޯލިހު ވަނީ ރައްޔިތުންނާއި، ސަރުކާރަށް މިކަމުންވަނީ ކޮށް ފައިދާއެއްތޯ ސުވާލު އުފައްދަވާފައެވެ.

ރައީސް ސޯލިހް ވަނީ އެމްޑީޕީގެ ކޮންގްރެސް އިން ސަރުކާރާ އީގަލް ހިލްސް އަށް މައުލުމާތުތައް ހާމަކުރުމަށް ގޮވާލަން ޖެހޭ ކަމަށް ވިދާޅުވެފައެވެ. އަދި ސިއްރު އެއްބަސްވުމެއްގެތެރެއިން ހިނގާ އެއްވެސް ކަމަކަށް އަޅުގަނޑުމެން އާއެކޭ ބުނެގެން ނުވާނެ ކަމަށާ އެއީ ފޮރިން އިންވެސްޓުމެންޓާއި ދެކޮޅު ހެދުން ނޫންކަމުގައި ވިދާޅުވެފައެވެ.

އަޅުގަނޑުމެން ފޮރިން އިންވެސްޓުމެންޓާއި ދކޮޅު ހަދަނީއެއްނޫން. އަދި ރެސިޑެންޓްސް ވިސާވެސް އުސޫލުތަކެއްގެ މަތިން ދިނުމަކީ އަޅުގަނޑުމެން ނުރުހޭ ކަމެއް ނޫން. އެހެންނަމަވެސް ސުވަލަކި ނޭންގޭ ކަންތައްތަކެއް މިގެ ތެރޭގައި އޮތީމައި، މި ކޮންގްރެސް އިން ސަރުކާރަށް އީގަލް ހިލްސް އަށް ގޮވާލަން ޖެހޭ، މައުލުމާތުތައް ހާމަކުރުމަށް. ސިއްރު އެއްބަސްވުމެއްގެތެރެއިން ހިނގާ އެއްވެސް ކަމަކަށް އަޅުގަނޑުމެން އައެކޭ ބުނެގެން ނުވާނެ" އަޅުގަނޑުމެން ފޮރިން އިންވެސްޓުމެންޓާއި ދކޮޅު ހަދަނީއެއްނޫން. އަދި ރެސިޑެންޓްސް ވިސާވެސް އުސޫލުތަކެއްގެ މަތިން ދިނުމަކީ އަޅުގަނޑުމެން ނުރުހޭ ކަމެއް ނޫން. އެހެންނަމަވެސް ސުވަލަކި ނޭންގޭ ކަންތައްތަކެއް މިގެ ތެރޭގައި އޮތީމައި، މި ކޮންގްރެސް އިން ސަރުކާރަށް އީގަލް ހިލްސް އަށް ގޮވާލަން ޖެހޭ، މައުލުމާތުތައް ހާމަކުރުމަށް. ސިއްރު އެއްބަސްވުމެއްގެތެރެއިން ހިނގާ އެއްވެސް ކަމަކަށް އަޅުގަނޑުމެން އައެކޭ ބުނެގެން ނުވާނެ"

ކުރީގެ ރައީސް، އިބްރާހިމް މުހައްމަދު ސޯލިހު

ރައީސް ސޯލިހު ވިދާޅުވީ، ޓޫރިޒަމް ދާއިރާއިން ލިބެން އޮތް އެތައް ފައިސާއެއް މި ސަރުކާރު އައިފަހުން ގެއްލުވާލައިފައިވާ ކަމަށެވެ. އަދ ކިތަންމެ ގިނަ މަޝްރޫއުތަކެއްވެސް ހިންގިދާނެކަން ފާހަގަކުރައްވާ ރައީސް ސޯލިހު ވިދާޅުވީ، ބަލަންވީ، މަޝްރޫއު ހިންގޭ އަދަދަށް ނޫން ކަމަށާއި ބަލަންވީ މަޝްރޫއުތަކުން ރައްޔިތުންނަށާއި ގައުމަށް ކުރާ ފައިދާތަކަށް ކަމަށެވެ.

ރައީސް ސޯލިހު ވިދާޅުވީ، މިއީ ވަރަށް ބޮޑެތި މައްސަލަތަކެއް ކަމަށާއި މިއީ ހަމައެކަނި ސިޔާސީ ޝިއާރަކުން ހައްލު ކުރެވޭނެ ކަންތައްތަކެއް ނޫން ކަމަށެވެ. އަދި މިކަންކަން ހައްލު ކުރުމަށް ބޭނުންވަނީ ޒިންމާދާރު ލީޑަޝިޕެއް، އިތުބާރު ކުރެވޭ އިގްތިސޯދީ ސިޔާސަތުތަކެއް އަދި ގައުމީ މަސްލަހަތަށްޓަކައި އެއްބާރުލުންދީގެން ކުރިއަށްދާނެ ލީޑަރުންތަކެއް ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.