ރަސްފަންނުގައި ހުރި ރުށްތަކުން ވަގަށް ކުރުނބާ އެޅި މީހަކު ހައްޔަރުކޮށްފިއެވެ.

އޭނާ ހައްޔަރުކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު ބަންދު އަމުރުން އެނގޭގޮތުގައި އެ މައްސަލައިގައި ހައްޔަރުކުރީ 56 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އެގޮތުން އެ މައްސަލައިގައި އޭނާ ހަތް ދުވަހަށް ބަންދުކުރަން ވެސް ކޯޓުން ވަނީ އަމުރުކޮށްފައެވެ. އެ މައްސަލައިގަެ ބަންދު އަމުރުގައިވާ ގޮތުން އޭނާއާ ދެކޮޅަށް އެކަށީގެންވާ ހެކި ހުށަހަޅާފައިވެއެވެ. މިގޮތުން މައްސަލައިގެ ހާދިސާގެ ރިޕޯޓްވެސް ވަނީ ހުށަހަޅާފައެވެ.

ވަގަށް ކުރުނބާ އެޅުމުން ހައްޔަރުކުރި ދިވެހި ފިރިހެން މީހާއަކީ ހައްޔަރާއި ބަންދުގެ ރެކޯޑް އޮންނަ މީހެކެވެ. ނަމަވެސް ބަންދު މަޖިލީހުގައި އޭނާ ވަނީ ރަސްފަންނުގައި ހުރި ރުށްތަކުން ކުރުނބާ އެޅުމަކީ މަނާކަމެއްކަން ނޭނގޭ ކަމަށް ބުނެފައެވެ.