މާލޭ އުތުރު ފަރާތުގެ ޖެޓީތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަސައްކަތް ފަށަން އެ ސަރަހައްދު ހުސްކުރަން އަންގައިފިއެވެ.

ހައުސިން މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ މާލެ އުތުރު ފަރާތު ބަނދަރު ބޭނުންކުރުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން، އެ ސަރަހައްދުގެ ޖެޓީތައް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފަށަން ހަމަޖެހިފައިވާ ކަމަށެވެ.

އެހެންކަމުން މަސްވެރިންގެ ޕާކު ސަރަހައްދުން ފެށިގެން ނާދީ ގޯޅިއާ ހަމައަށް އަޅާފައިވާ އުޅަނދުފަހަރު، ހުކުރު ދުވަހުގެ ރޭ 11:00ގެ ނިޔަލަށް އެ ސަރަހައްދުން ނެގުމަށް މިނިސްޓްރީން ވަނީ އަންގާފައެވެ.

އަދި އެ ތާރީހުގެ ފަހުން ނުނަގާ ހުންނަ އުޅަނދުފަހަރު މިނިސްޓްރީގެ ފަރާތުން ނަގާނެކަމަށް ވެސް ވަނީ އަންގާފައެވެ.

މާލޭ އުތުރު ފަރާތު ޖެޓީތަކަކީ ގިނަބަޔަކު ލަފާ ފުރުމުގައި ކޮންމެ ދުވަހަކުވެސް ބޭނުންކުރާ މުހިއްމު ހިސާބެކެވެ. އެގޮތުން ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ހެދުމުގެ މަޝްރޫޢުގެ ދަށުން އެ ސަރަޙައްދުގެ ޖެޓީތައްވެސް އާންމުންނާއި ދަތުރުވެރިންނަށް ފަސޭހަވާނެހެން ތަރައްޤީކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.