ނަފްސާނީ ސިއްހަތުގެ ޤައުމީ ހެލްޕްލައިން އަށް މިހާތަނަށް 23،679 ކޯލް ލިބިފައިވާ ކަމަށް ސިއްޙަތާއި އާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ޤީލާ ޢަލީ ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ވަޒީރު ގީލާ ވިދާޅުވީ، ނަފްސާނީ ސިއްހަތުގެ ޤައުމީ ހެލްޕްލައިން އަށް 2024 ވަނަ އަހަރު 2،576 ކޯލް، 2025 ވަނަ އަހަރުގައި 10،821 ކޯލް އަދި 2026 ވަނަ އަހަރުގެ މިހާތަނަށް 10،282 ކޯލް ލިބިފައިވާ ކަމަށެވެ.

މީގެއިތުރުން އެ ޕްރޮގްރާމް އިތުރަށް ހަރުދަނާ ކުރުމަށް އާންމުން ހޭލުންތެރި ކުރުވުމާއި ސައިކޮލޮޖިކަލް ފަސްޑް އެއިޑް ޓްރެއިނިންގ ޕްރޮގްރާމްގެ އިތުރުން ވޯކް ޕްލޭސް މެންޓަލް ހެލްތު ޕްރޮގްރާމް ތައާރަފްކުރެވި، މީހުން ތަމްރީނު ކުރެވެމުން ގެންދެވޭ ކަމަށް ވަޒީރު ވިދާޅުވިއެވެ.

އެގޮތުން މެންޓަލް ހެލްތު ގެޕް ޓްރެއިނިންގ ގައި 193 މީހުން ބައިވެރިވެ، ސައިކޮލޮޖިކަލް ފަސްޓްއެއިޑް ޓްރެއިނިންގ (ޕީއެފްއޭ) ގައި 164 މީހުން އަދި ވޯކްޕުލޭސް މެންޓަލް ހެލުތު ޕްރޮގްރާމްގައި 512 މީހުން ބައިވެރިވެފައިވެއެވެ.

އަދި ހަމަ އެހެންމެ ފަރުވާ ފުރިހަމަކޮށް އާއިލާ ފުރިހަމަ ކޮށްފައިވަނީ 64 މީހުން ވަނީ މިހާރު އެއާއިލާތަކާއި ހަވާލު ކުރެވިފަ. އޭގެ އިތުރުން މަރުކަޒް ކޮށްގެން ފަރުވާ މިވަގުތުވެސް 201 މީހަކަށް ދެމުން ގެންދެވޭ

ސިއްޙަތާއި އާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ޤީލާ ޢަލީ

ވަޒީރު އިތުރަށް ވިދާޅުވީ، ގުރައިދޫގައި ހާއްސަ އެހީއަށް ބޭނުންވާ މަރުކަޒުގެ އެކްސްޕެންޝަންއެއްގެ ގޮތުގައި 80 އެނދުގެ ފެސިލިޓީއެއް މިހާރު ގާއިމް ކުރުމަށްޓަކައި މަސައްކަތް ކުރަމުން ގެންދަވާ ކަމަށެވެ. އަދި އޮރެންޖް ހިޔާގައި 9 އެނދުގެ މެންޓަލް ހެލްތު ފެސިލިޓީއެއް ޤާއިމްކުރެވޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ނަފްސާނީ ފަރުވާދޭ ހޮސްޕިޓަލެއް ހުޅުމާލޭގައި ޤާއިމް ކުރެވޭނެ ކަން ފާހަގަކޮށް ވަޒީރު ގީލާ ވިދާޅުވީ، މެންޓަލް ހެލްތު ފެސިލިޓީއެއް ގދ، އައްޑޫ ސިޓީ އަދި ރ. އުނގޫފާރުގައި ގާއިމް ކުރެވޭނެ ކަމަށެވެ. އަދި މެންޓަލް ރީ ހެބިލިޓޭޝަން ފެސިލިޓީއެއް ލ އަތޮޅުގައި ގާއިމް ކުރެވޭނެ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.