ޅ. ނައިފަރުން ވީނުވީއެއް ނޭނގި ގެއްލިގެން ހޯދަމުންދިޔަ 17 އަހަރުގެ މުޙައްމަދު އަޙްޔާން ޙުސައިން މިހާރު ފެނިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިރޭ ބުނީ، އަޙްޔާން ފެނިފައި ވަނީ ނައިފަރުގެ ގެއެއްގެ ތެރޭގައި ހުއްޓައި ކަމަށެވެ. އަދި އޭނާ ފެނުނުއިރު ހާލު ރަނގަޅު ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން މިއަދު ބުނީ އަހްޔާން ގެއްލިގެން ނައިފަރު ޕޮލިހަށް ރިޕޯޓުކޮށްފައި ވަނީ އިއްޔެ 5:30 ހާއިރު ކަަމަށެވެ. އެގޮތުން، އޭގެ ފަހުން ހަބަރެއް ނުވެގެން ފޯނަށް ގުޅުމުން ޖަވާބު ނުދޭތީ އާއިލާއިން އޭނާ ހޯދުމަށް ކުރި މަސައްކަތުން ފެނިފައިނުވާކަމަށް އާއިލާއާ ހަވާލާދީ ފުލުހުން އޭރު ބުނެފައި ވެއެވެ.