ޅ. ނައިފަރުން ކުޑަކުއްޖަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

ގެއްލިގެން ހޯދަމުންދަނީ 17 އަހަރުގެ ޅ. ނައިފަރު، ނޫކަނޑު މުހައްމަދު އަހްޔާން ހުސައިން އެވެ.

ފުލުހުން މިއަދު ބުނީ އަހްޔާން ގެއްލިގެން ނައިފަރު ޕޮލިހަށް ރިޕޯޓުކޮށްފައި ވަނީ އިއްޔެ 5:30 ހާއިރު ކަަމަށެވެ. އެގޮތުން، އޭގެ ފަހުން ހަބަރެއް ނުވެގެން ފޯނަށް ގުޅުމުން ޖަވާބު ނުދޭތީ އާއިލާއިން އޭނާ ހޯދުމަށް ކުރި މަސައްކަތުން ފެނިފައިނުވާކަމަށް އާއިލާއާ ހަވާލާދީ ފުލުހުން ބުނެއެވެ.

އަހްޔާންއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ، ނައިފަރު ޕޮލިސްގެ ނަންބަރު 9792187 އަށް ނުވަތަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ގުޅައި އެ މައުލޫމާތެއް ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.