ރާއްޖޭގެ ތާރީޚުގައި އެންމެ ބޮޑު އިންވެސްޓްމަންޓަކީ ރަސްމާލެ ޕްރޮޖްކްޓް ކަމަށާއި، އީގަލް ހިލްސްއަކީ ދިވެހިރާއްޖޭގެ ރައްޔިތުން އިތުބާރުކުރާ ބައަޔަކަށް ވީތީ ފަހުރުވެރިވާ ކަމަށް އެ ކުންފުނީގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވެއްޖެއެވެ.
މެރީނާ ތަރައްގީކުރާ އީގަލް ހިލްސް ކުންފުނީގެ ވެރިޔާ، ރަސްމާލެއާ ބެހޭ ގޮތުން ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރަސްމާލެ ސަރަހައްދު ތަރައްގީކޮށް ނިމޭއިރު ހުންނާނެ ގޮތުގެ ތަސައްވަރު ހާމަކުރައްވައި، މަސައްކަތުގައި ކާމިޔާބީއަށް އެދިވަޑައިގެން ދުއާކުރައްވާފައެވެ.
އަލައްބާރު ވިދާޅުވީ ދުނިޔޭގައި އޮތީ އެންމެ ދިވެހިރާއްޖެއެއް ކަމަށެވެ. އަދި ރާއްޖެއަކީ އެންމެ ރީތި އެއްތަން ކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ، އެއީ ދިރިއުޅެން އެންމެ ރަނގަޅު ތަނަކަށް ނުވާންވީ ކީއްވެތޯ ސުވާލުކުރައްވާފައެވެ.
ރަސްމާލެ ތަރައްގީކުރަނީ އެއް މަސް ދުވަހު ނުވަތަ ހަފްތާއެއް ވަންދެން ތިބެވޭނެ ހިއްގައިމުކޮށް ދިރިއުޅުމެއް އުޅެވޭނެ ގޮތަށް ކަން އަލައްބާރު ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގެ ގުދުރަތީ ރީތިކަމަށް ތައުރީފު ކުރައްވަމުން އަލައްބާރު ވިދާޅުވީ ރާއްޖެއަކީ އެންމެން ވެސް ޒިޔާރަތްކުރަން ބޭނުންވާ ތަނެއް ކަމަށެވެ.