މިދިޔަ އަހަރާ އަޅާބަލާއިރު އޯލް ގްރޫޕްތަކުގެ ކޮންސިއުމަރ ޕްރައިސް އިންޑެކްސް (ސީޕީއައި) ވަނީ 0.76 އިންސައްތަ އިތުރުވެފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް)އިން ޝާއިއު ކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުގައި، މާލެ އަދި އަތޮޅުތަކުގެ ބޮޑެތި ގްރޫޕްތަކުގެ އަގުތަކަށް ބަދަލުތައް އައިސްފައިވަނީ އެއް ޕެޓާން އަކަށެވެ. އޭގެ ތެރޭގައި އަންނައުނާއި ބޫޓު، ފަރުނީޗަރު، ގޭތެރޭގެ ސާމާނާއި، ކާޕެޓް ފަދަ ތަކެތި ހިމެނެއެވެ. އަދި މުނިފޫހިފިލުވުމާއި، ކުޅިވަރާއި، ސަގާފަތާއި އެހެނިހެން ބާވަތްތައް ހިމެނެއެވެ.

2026 ވަނަ އަހަރުގެ އޯގަސްޓް މަހު ދުންފަތުގެ ބާވަތްތައް ވަނީ 22.63 އިންސައްތަ ދަށަށް ގޮސްފައެވެ. މި ދަށްވުމުގެ މައިގަނޑު ސަބަބަކީ ސިނގިރޭޓް 31.64 އިންސައްތަ އަދި ރެސްޓޯރެންޓް ކެފޭތަކުގައި ސިނގިރޭޓްގެ އަގު 17.76 އިންސައްތަ ދަށްވުމެވެ. އެއީ 2026 ވަނަ އަހަރުގެ ޖުލައި މަހުގެ ކުރީކޮޅު ދުންފަތުގެ ބާވަތްތަކުން ނަގާ އިމްޕޯޓް ޑިއުޓީއަށް ގެނައި ބަދަލާ އެކުގައެވެ.

މިއަހަރުގެ އޯގަސްޓް މަހާ ހަމައަށް 12 މަސް ދުވަހުގެ ތެރޭގައި ޓޮބޭކޯ އެންޑް އެރީކާ ނަޓް ގްރޫޕް ވަނީ 26.17 އިންސައްތަ ދަށަށް ގޮސްފަ އެވެ.

2026 ވަނަ އަހަރުގެ އޯގަސްޓް މަހާ އަޅާބަލާއިރު 2026 ވަނަ އަހަރުގެ އޯގަސްޓް މަހު ގެދޮރުވެރި، ފެނާއި، ކަރަންޓް، ގޭސް އަދި އެހެނިހެން ތެލުގެ އަގު ވަނީ 0.49 އިންސައްތަ ދަށަށް ގޮސްފަ އެވެ. މި ދަށްވުމުގެ މައިގަނޑު ސަބަބަކީ ކަސްޓަމަރުން ބޭނުންކުރާ ކަރަންޓުގެ ހިދުމަތްތަކުގެ ޔުނިޓް އަގު 3.21 އިންސައްތައަށް ދަށްވެފައި ކަމަށް ތަފާސްހިސާބުން ދައްކައެވެ. އެއީ ގޭހުގެ އަގު 0.82 އިންސައްތަ މަތިވުމުންނެވެ. 2026 ވަނަ އަހަރުގެ އޯގަސްޓް މަހާ ހަމައަށް 12 މަސް ދުވަހުގެ ތެރޭގައި ގެދޮރުވެރި، ފެނާއި، ކަރަންޓް، ގޭސް އަދި އެހެނިހެން ތެލުގެ ބާވަތްތައް ވަނީ 0.68 އިންސައްތަ އުފުލިފައިވެ އެވެ.

އޯގަސްޓް މަހު ޓްރާންސްޕޯޓު ގްރޫޕްގެ އަގު ވަނީ 2026 ވަނަ އަހަރުގެ ޖުލައި މަހާ އަޅާބަލާއިރު 0.73 އިންސައްތަ ދަށަށް ގޮސްފަ އެވެ. މި ވެއްޓުމުގެ މައިގަނޑު ސަބަބަކީ އިންޓަނޭޝަނަލް އެއާފެއާގެ އަގު 8.41 އިންސައްތަ ދަށްވުމެވެ.

2026 ވަނަ އަހަރުގެ އޯގަސްޓް މަހުގެ ނިޔަލަށް 12 މަސް ދުވަހުގެ ތެރޭގައި ޓްރާންސްޕޯޓު ގްރޫޕް ވަނީ 8.06 އިންސައްތަ އިތުރުވެފަ އެވެ. އަދި 2026 ވަނަ އަހަރުގެ ޖުލައި މަހާ އަޅާބަލާއިރު 2026 ވަނަ އަހަރުގެ އޯގަސްޓް މަހު އެޑިއުކޭޝަން ސާވިސަސް ގްރޫޕަށް އެއްވެސް ބަދަލެއް ނާދެ އެވެ. 2026 ވަނަ އަހަރުގެ އޯގަސްޓް މަހާ ހަމައަށް 12 މަސް ދުވަހުގެ ތެރޭގައި އެޑިއުކޭޝަން ސާވިސަސް ގްރޫޕް 0.27 އިންސައްތަ ވަނީ އިތުރުވެފަ އެވެ

އޮގަސްޓް 2026 ގައި ހެލްތު ސާވިސަސް ގްރޫޕްގެ އަދަދު ވަނީ 2026 ވަނަ އަހަރުގެ ޖުލައި މަހާ އަޅާބަލާއިރު 0.12 އިތުރުވެފައިވާއިރު، މި މަތިވުމުގެ މައިގަނޑު ސަބަބަކީ ހިތުގެ ބޭސްތަކުގެ އަގު 5.46 އިންސައްތަ އިތުރުވުމެވެ.

2026 ވަނަ އަހަރުގެ އޯގަސްޓް މަހާ ހަމައަށް 12 މަސް ދުވަހުގެ ތެރޭގައި ގެދޮރުވެރި، ފެނާއި، ކަރަންޓް، ގޭސް އަދި އެހެނިހެން ތެލުގެ ބާވަތްތައް 0.68 އިންސައްތަ އުފުލިފައިވެ އެވެ. ފަރުނީޝިން ގޭތެރޭގެ އިކުއިޕްމަންޓް، ކާޕެޓް އަދި އެހެނިހެން ފްލޯރ ކަވަރިންގ ގްރޫޕްގެ އަގު 2026 ވަނަ އަހަރުގެ ޖުލައި މަހާ އަޅާބަލާއިރު 0.05 އިންސައްތަ އިތުރުވިއެވެ. މި މަތިވުމުގެ މައިގަނޑު ސަބަބަކީ ޑައިނިން ޓޭބަލް ސެޓްގެ އަގު 11.88 އިންސައްތަ އިތުރުވުމެވެ.