ފުލުހުންގެ ބެލުމުގެދަށުގައިހުރި ގިނަ އަދަދެއްގެ ސިނގިރެޓާއި ދުންފަތް ނައްތާލައިފިއެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި ސެޕްޓެމްބަރު 28 ވަނަ ދުވަހު ދޫނިދޫގައި ނައްތާލި ތަކެއްޗަކީ ހެންވޭރު ގެއެއްގެ އެޕާޓްމަންޓުގައި ހިންގަމުންދިޔަ އޮފީހެއްގައި ގާނޫނާ ހިލާފަށް، ސިނގިރެޓް އުފެއްދުމަށް މެޝިން ބަހައްޓައިގެން ސިނގިރެޓް އުފައްދާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ހިންގި އޮޕަރޭޝަންގައި ފުލުހުންގެ ބެލުމުގެދަށަށް ގެެނެސްފައިވާ ތަކެއްޗެއެވެ. މި އޮޕަރޭޝަން ހިންގާފައިވަނީ 30 ޖަނަވަރީ 2025 ގައެވެ.
ނައްތާލި ތަކެތީގެ ތެރޭގައި ހިމެނެނީ 4285 ސިނގިރެޓް ކާޓޫން، 232 ފޮށި ސިނގިރެޓް އަދި 93.60 ކިލޯގެ ދުންފަތް ހިމެނޭ ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ މި ތަކެތި ނައްތާލާފައިވަނީ ފުލުހުންގެ ބެލުމުގެދަށަށް ގެނެވޭ މިފަދަ ތަކެތި ނައްތާލުމުުގައި އަމަލުކުރާނެ އުސޫލުގެ ދަށުން އެކަމަށްޓަކައި އެކުލަވައިލި ކޮމިޓީގެ ބެލުމުގެދަށުންނެވެ.