ޔާމީނަކީ މި ޤައުމާއިމެދު އެއްވެސް ރަޙްމެއް ނެތް ބޭފުޅެއް ކަމަށް ޕީއެންސީގެ ޕީޖީ ގުރޫޕްގެ ލީޑަރު އިބްރާހިމް ފަލާޙް ވަރުގަދަ ރައްދެއް ދެއްވައިފި އެވެ.

ފަލާހް އެކްސްގައި ޕޯސްޓުކުރެއްވީ ރަސްމާލެ އެއްބަސްވުމާއި ގުޅޭގޮތުން ޙަޤީޤަތާއި ޚިލާފު ވާހަކަތަކެެއް ރައީސް ޔާމީން ވިދާޅުވެ ދެން އަންނަ ސަރުކާރަކުން އެ އެއްބަސްވުމަށް ކަމޭހިތަށް ނުޖެހޭނެ ކަމަށް ވިދާޅުވުމާއި ގުޅިގެންނެވެ.

ފަލާހް ވިދާޅުވީ މިޢީ އިހަށްދުވަހު ޔާމީނުވެރިކަންކުރިއިރު ޤާނޫނުއަސާސީއާއި ޤާނޫނުތަކުން މިޤަޢުމުގައިހުއްދަކަންކަން ކަމަށެވެ. އަދި މިއަދުވެސް އަމަލުކުރަމުންދަނީ މިޤާނޫނުތަކަށް މިއަދުމިޤަޢުމަށް މިއަދުގެ ރައީސް، ރައީސްމުޢިއްޒު މިޤަޢުމުގެ އިސްތިޤުލާލަށް އުނިކަމެއްނުގެނެސް އެއްވެސްރައްޔިތެއްގެ ހައްޤެއްނުގެއްލި ދަޢުލަތަށް ކުޑަވެސްގެއްލުމެއް ނާންނާނެގޮތަށް މިގެންނަމުންދާ ތަރައްޤީއާއި އިންވެސްޓްމެންޓްތަށް ހުއްޓުވަން ކަމަށް ފަލާހް ވިދާޅުވިއެވެ.

ފަލާހް ވިދާޅުވީ، ޔާމީން ކުރައްވާ މަސައްކަތުން އަންގައިދެނީ އެމަނިުފާނުގެ ހިތުގައި ރައީސް މުޢިއްޒުގެމައްޗަށް އޮތްހަސަދަވެރިކަން ކަމަށެވެ. އަދި ޔާމީނުގެ ހިތުގައި މިޤަޢުމުގެ މައްޗަށް ކުޑަވެސް ރަހުމެއްނެތްކަން މިއަދު މިޤަޢުމަށް ހެވެއް އެދޭ ކޮށްމެ ރައްޔިތަކު ޔާމީނާއި އަދި މިފަދައިން މިޤަޢުމަށް ނިކަމެތިކަން ދޭންމަސައްކަތްކުރާ ހުރިހާ ޚާއިނުންނަށް ނޫނެކޭބުނަންއެބަޖެހޭ ކަމަށް ފަލާހް ވިދާޅުވިއެވެ.