މަދީނާ އިސްލާމިކް ޔުނިވާސިޓީން ބާއްވާ ހާއްސަ ކޮންފަރެންސެއްގައި ބައިވެރިވެލެއްވުމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ސަޢުދީ ޢަރަބިއްޔާއަށް ފުރާވަޑައިގެންފިއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުނީ، މި ކޮންފަރެންސްއަކީ "އެފޯޓް އޮފް ދި ކިންގްޑަމް އޮފް ސަޢުދީ ޢަރަބިއްޔާ އިން ކޮންފްރޮންޓިން އިންޓެލެކްޗުއަލް ޑިވިއޭޝަން" މި ނަމުގައި މަދީނާ އިސްލާމިކް ޔުނިވާސިޓީން އިސްނަގައިގެން ބާއްވާ ހާއްސަ ކޮންފަރެންސްއެއް ކަމަށެވެ.

މި ކޮންފަރެންސްގައި ވަޒީރު ޑރ. ޝަހީމް ތަގްރީރު ކުރައްވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ވެސް އެ ވުޒާރާއިން ވަނީ ބުނެފައެވެ.