މި އަހަރުގެ އޭލެވެލް އިމްތިހާނު 4000 އަށްވުރެ ގިނަ ދަރިވަރުންނާއެކު މިއަދު ފަށައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، މި އިމްތިހާނު ކުރިއަށްދާނި މިއަދުން ފެށިގެން އަންނަ އޮކްޓޫބަރު މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ. މަތީ ސާނަވީ އިމްތިޙާނުގައި 53 ސެންޓަރަކުން 4973 ދަރިވަރުން އިމްތިޙާނުގައި ބައިވެރިވާނެ ކަމަށް މިނިސްޓްރީން ހާމަކުރެއެވެ. އަދި 2263 ދަރިވަރުން އެޗްއެސްސީ އިމްތިޙާނު ހެދުމަށް ހަމަޖެހިފައިވާކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.

މާލޭ ސަރަހައްދުން އޭލެވެލް އިމްތިހާނުގައި 3،284 ދަރިވަރުން އަދި އެޗްއެސްސީ އިމްތިހާނުގައި 1،357 ދަރިވަރުން ބައިވެރިވާނެއެވެ.

މީގެ އިތުރުން އަތޮޅުތަކުން އޭލެވެލް އިމްތިހާނުގައި 1،689 ދަރިވަރުން ބައިވެރިވާއިރު، އެޗްއެސްސީ އިމްތިހާނުގައި 906 ދަރިވަރުން ބައިވެރިވާނެ ކަމަށް މިނިސްޓްރީން ހާމަކުރެއެވެ.

އެ އިމްތިހާނު ކުރިއަށްދާ މަރުކަޒުތަކުގެ ތެރޭގައި ހިމެނެނީ މާލޭ ސަރަހައްދުގެ 4 މަރުކަޒަކާއި އަތޮޅުތަކުގެ 49 މަރުކަޒެކެވެ.

ސަރުކާރުން އަންނަނީ މާލެ ނުހިމަނާ އަތޮޅުތެރޭގެ 23 ސްކޫލެއްގައި ގްރޭޑް 11 އަދި 12 ކިޔަވާ ދަރިވަރުންގެ އަދަދު އިތުރުކުރުމަށް ޕައިލެޓް ޕްރޮގްރާމްއެއް ހިންގަމުންނެވެ. ސަރުކާރުގެ އަމާޒަކީ ދަރިވަރުން ބާކީކުރުމުގެ ސިޔާސަތު ނައްތާލައި ރާއްޖޭގައި އޭލެވެލް އެއީ ސްކޫލުން ނިންމާ މަރުހަލާގެ ގޮތުގައި ކަނޑައެޅިގެން ދިއުމެވެ.