ރާއްޖޭގެ ޕްރޮސެކިއުޝަން އޭއައި ގަވަރނަންސް ފްރޭމްވޯކާއި ޓްރެއިނިންގ ކަރިކިއުލަމް އެހެން ޖުރިސްޑިކްޝަންތަކަށް ހިލޭ ލިބޭނެ މަގު ފަހިކޮށްދޭން ނިންމާފައިވާ ޕްރޮސެކިއުޓަރ ޖެނެރަލް ޢައްބާސް ޝަރީފް ވިދާޅުވެއްޖެއެވެ.

އދ.ގެ 15 ވަނަ ކްރައިމް ކޮންގްރެސްގެ ހައި-ލެވެލް ސެގްމަންޓްގައި ރާއްޖޭގެ ފަރާތުން ބަޔާން އިއްވަވަމުން ޕްރޮސެކިއުޓަރ ޖެނެރަލް ޖަސްޓިސް (ރިޓަޔާޑް) ޢައްބާސް ޝަރީފް ވިދާޅުވީ، ޕީ.ޖީ.އޯގެ އޭ.އައި ގަވަރނަންސް ފްރޭމްވޯކާއި އެއާ ގުޅޭ ތަމްރީނު ކަރިކިއުލަމް ރާއްޖެއިން ބައިވެރިވާ ފަރާތްތަކާ ހިލޭ ޙިއްޞާ ކުރާނެ ކަމަށެވެ.

މީގެ އިތުރުން ދަޢުވާ ކުރުމުގައި އޭ.އައި ބޭނުންކުރުމުގައި ރާއްޖެއިން ދެކޭ ގޮތާއި، ދަޢުވާ ކުރުމުގައި، އިންސާނުން އިސްނަގައިގެން ނިންމި ނިންމުމާއި، ކޯޓުތަކުގައި ހުށަހަޅާ މެޓީރިއަލްތަކުގައި އޭ.އައި ބޭނުންކުރުން ހާމަކުރުމާ ބެހޭ ގޮތުން ޕީޖީ ވަނީ އަލިއަޅުއްވާލައްވާފައެވެ.