ނުރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ސިންގަޕޫރަށް ފުރާވަޑައިގެންފިއެވެ.
ރައީސް އޮފީހުން ބުނީ ރައީސްގެ ދެ ކަނބަލުން ސިންގަޕޫރަށް ފުރައިވަޑައިގަތީ ރޭގެ ވަގުތެއްގައި ކަމަށެވެ.
ނަމަވެސް މި ދަތުރުފުޅާ ގުޅޭ އިތުރު ތަފްސީލެއް އެ އޮފީހުން ހާމަކޮށްފައެއް ނުވެއެވެ.
މީގެ ކުރިން ވެސް ރައީސްގެ ދެކަނބަލުން ވަނީ ނުރަސްމީ ދަތުރުފުޅުތައް ސިންގަޕޫރަށް ކުރައްވާފައެވެ.
ރައީސް މުއިއްޒާއި އަނބިކަނބަލުން ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު މީގެ ކުރިން އެންމެ ފަހުން ނު ރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް ވަޑައިގަތީ މިދިޔަ މެއި މަހުގެ 24 އިން 30 އަށެވެ.