ބިނާރާ ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ލިޔެކިޔުންތަކެއް މަދުވެފައި ނުވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.
ފުލުހުން މައުލޫމާތު ދިންގޮތުގައި ބީނާރާއި، ގެދޮރުވެރިކަމާއި، އުމުރާނީ ތަރައްޤީއާ ބެހޭ ވުޒާރާގެ ހުރި ރަސްމީ ލިޔެކިޔުންތަކެއް އަޅާފައިވާ ލޮކަރުތަކެއް އޮންނަ އުސޫލުން ބޭރުން ހުޅުވާފައި ހުރިކަމަށް އެ ވުޒާރާއިން ކުރި ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އެ ރިޕޯޓާއި ގުޅިގެން 2026 ސެޕްޓެންބަރު 25 ވަނަ ދުވަހުގެ 19:18 ހާއިރު ފުލުހުން އެ ވުޒާރާއަށް ހާޒިރުވެފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.
އެގޮތުން، ފުލުހުންގެ ހާޒިރުގައި އެ ވުޒާރާގެ މުވައްޒަފުން އެ ލިޔެކިޔުންތައް ބަލައި ޗެކްކުރިއިރު، އެއްވެސް ލިޔުމެއް ނުވަތަ އެހެން އެއްޗެއް ވެސް މަދުވެފައި ނުވާކަން ފުލުހުން ވަނީ ޔަގީންކޮށްދީފައެވެ.