ވައިގެ މަގުން ރާއްޖެ އެތެރެ ކުރަން އުޅުނު 3 ކިލޯއަށް ވުރެން ގިނަ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ހިފަހައްޓައިފިއެވެ.
ކަސްޓަމްސް އިން ބުނީ، މިތަކެތި އަތުލައިގަތީ މިމަހުގެ 22 ވަނަ ދުވަހު ގަން އިންޓަރނޭޝަނަލް އެއާޕޯޓުގައި ހިންގި އޮޕަރޭޝަނެއްގެ ތެރެއިން އިންޑީއާއިން ރާއްޖެއައި އިންޑިއާގެ 2 ފަސިންޖަރުންގެ ލަގެޖުން މަސްތުވާތަކެތި ރައްކާކޮށްގެން ގެނެސްފައިވާކަން ޝައްކުކުރެވިގެން ބަލާފާސްކުރުމުގެ ތެރޭގައި ކަމަށެވެ.
މީގެ އިތުރުން ލަގެޖް ބަލައިފާސްކުރުމުގެ ތެރޭގައި 3.3 ކިލޯގެ މަސްތުވާތަކެތި ބާވަތެއްކަމަށްވާ ކެނަބިސް ފެނިފައިވާ ކަމަށް ވެސް ކަސްޓަމްސް އިން ވަނީ ބުނެފައެވެ.
ރާއްޖެއަށް އެތެރެކުރާ މަސްތުވާތަކެތި އަތުލައިގަތުމަށް ކަސްޓަމްސްއިން ދަނީ ގިނަ މަސައްކަތްތައް ކުރަމުންނެވެ.