ޚަރަދު ކުޑަ، ބާރުގަދަ ޒަމާނީ ކަނޑުދަތުރުފަތުރަށް ޕާސަން 115 ހޯސްޕަވަރުގެ އިންޖީނު ވިލާ ހަކަތައިން ރާއްޖޭގެ ބާޒާރަށް ނެރެފިއެވެ.

ވިލާ ހަކަތައިން ބުނީ މުނިފޫހިފިލުވުމަށާއި އަމިއްލަ ބޭނުންތަކަށް ދުއްވާ ކުދި އަދި މެދު ސައިޒުގެ އުޅަނދުފަހަރަށް 115 ހޯސްޕަވަރުގެ މި އިންޖީނަކީ އެންމެ އެކަށީގެންވާ ފުރިހަމަ ޙައްލު ކަމަށެވެ. އަދި މިއީ އުޅަނދަށް ބޭނުންވާ ބާރު ފޯރުކޮށްދިނުމާއެކު، ދަތުރުގެ ޚަރަދު ކުޑަކޮށްދޭ، އިތުބާރު ހިފޭ ފެންވަރު ރަނގަޅު އުފެއްދުމެއް ކަމަށް ވިލާ ހަކަތައިން ބުނެއެވެ.

ވިލާ ހަކަތައިން ބުނީ މާކެޓުގައި ލިބެންހުރި މި ފެންވަރުގެ ބާރުގަދަ އެހެން އިންޖީނުތަކާ އަޅާބަލާއިރު، ޕާސަން އިންޖީނަކީ ޖީބަށް ލުއި، އަގުގެ ގޮތުން ނުހަނު ފައިދާހުރި އިޚްތިޔާރެއް ކަމަށެވެ.

ޒަމާނީ އީ. އެފް.އައި (EFI) ޓެކްނޮލޮޖީ: ވިލާ ހަކަތައިން ބުނީ އެ އިންޖީނަކީ ތެލުގެ އިސްރާފު ބޮޑުތަނުން ކުޑަކޮށްދީ ، ކޮންމެ ދުވަހެއްގެ ދަތުރުފަތުރުގެ ހިންގުމުގެ ޚަރަދު ކުޑަކޮށްދޭ ޒަމާނީ ނިޒާމެއް ކަމަށެވެ.

ދިގު މުއްދަތުގެ މާލީ މަންފާ: ޕާސަން 115 އިންޖީނަކީ ބައްލަވައިގަންނަ އަގު ހެޔޮވުމުގެ އިތުރުން، ދުރު މުސްތަޤްބަލުގައި ވެސް މަރާމާތަށާއި ތެލަށް ހިނގާ ޚަރަދު ކުޑަކޮށްދޭ އިޤްތިޞާދީ ގޮތުން އެންމެ ފައިދާހުރި އިންޖީނެއް ކަމަށް ވިލާ ހަކަތައިން ބުނެއެވެ.

އިންޖީނުގެ ބާރާއި ކެޕޭސިޓީ: ޕާސަން އެފް115 އަކީ 1832 ސީސީގެ، 4 ސިލިންޑަރު އެކުލެވޭ ވަރުގަދަ ފޯ-ސްޓްރޯކް އައުޓްބޯޑް އިންޖީނެކެވެ.

ޒަމާނީ ފަންނީ ޚާއްޞިއްޔަތުތައް: އެ އިންޖީނުގައި ހިމެނޭ ޑީ.އޯ. އެޗް.ސީ DOHC) 16) ވޭލްވް އަދި މަލްޓި-ޕޮއިންޓް އީ.އެފް. އައި ސިސްޓަމްގެ ސަބަބުން ސްޓާޓްކުރުން ފަސޭހަވެ، ދުއްވުމުގައި އޮމާންކަމާއި ތެލުގެ ފުރިހަމަ އިޤްތިޞާދީ ފައިދާ ލިއްބައިދޭނެ ކަމަށް ވިލާ ހަކަތައިން ބުނެއެވެ.

ރައްކާތެރިކަމާއި ކޮންޓްރޯލް: ޕާސަން 115 އިންޖީނުގެ ހިންގުން ވަގުތުން ދެނެގަނެ މޮނިޓަރކުރުމަށާއި، ދިގު މުއްދަތަކަށް ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ޒަމާނީ އެންޖިން ކޮންޓްރޯލް މޮޑިއުލް (އީ. ސީ.އެމް) އެކުލެވިގެންވެއެވެ.

ދަބަރުޖެހުމުން ރައްކާތެރިކޮށްދިނުން: ކަނޑުގެ ލޮނުގެ އަސަރުން އިންޖީނު ހަލާކުވިޔަނުދީ ދިފާޢުކުރުމަށްޓަކައި، މަތީ ފެންވަރުގެ އެންޓި-ކޮރޯޝަން މެޓީރިއަލް އަދި ޚާއްޞަ ކޯޓިންގ ބޭނުންކޮށްފައިވެއެވެ.

ދަތުރުތަކަށް އެންމެ ފުރިހަމަ ޙައްލު: ވިލާ ހަކަތައިން ބުނީ މިއީ ކުދި އަދި މެދު ސައިޒުގެ ލޯންޗުފަހަރަށް ބޭނުންވާ ހަލުވި ދުވެއްޔާއި ، ޚަރަދު ކުޑަކަމާއި، އިތުބާރު ހިފޭ ފެންވަރު އެކުލެވޭ ފުރިހަމަ އުފެއްދުމެއް ކަމަށެވެ.