ޕެންޝަން އޮފީހުގެ ޗީފް އޮޕަރޭޓިން އޮފިސަރު (ސީއޯއޯ) މަރިޔަމް ޝިއުނާ ސަސްޕެންޑުކޮށްފި އެވެ.
އެނގިފައިވާ ގޮތުގައި ޝިއުނާ ސަސްޕެންޑުކުރީ މީގެ ދުވަސްކޮޅެއް ކުރިން ޕެންޝަން އޮފީހުގެ އިދާރީ މައްސަލައަކާ ގުޅިގެންނެވެ.
ޕެންޝަން އޮފީހުގެ މީޑިއާ އިން މިއަދު ބުނީ ވަކިވަކި މުވައްޒަފުންގެ އިދާރީ ކަންކަމާ ގުޅޭގޮތުން މީޑިއާތަކަށް މައުލޫމާތު ހިއްސާކުރަން ހަމަޖެހިފައިނުވާ ކަމަށެވެ.
ނަމަވެސް އެ އޮފީހުގެ ހިދުމަތްތައް މެދުކެނޑުމެއް ނެތި ފޯރުކޮށްދިނުމަށް އިންތިޒާމްތައް ހަމަޖައްސައި އާއްމު އުސޫލުން އެކަން ކުރިއަށްދާ ކަމަށް އެ އޮފީހުން ބުނެފައި ވެއެވެ.
ޝިއުނާ، ޕެންޝަން އޮފީހުގެ ކޯޕަރޭޓް އެފެއާޒު ޑިވިޝަންގެ މަސައްކަތްތަކުގެ އިސްވެރިއަކަށް ގުޅިވަޑައިގެންނެވީ 2023 ވަނަ އަހަރު އެވެ. އޭގެ ކުރިން އޭނާ ވަނީ އޭސީސީގެ ރައީސްގެ މަގާމުވެސް ފުރުއްވާފައެވެ.
ޝިއުނާ ވަނީ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓުގެ ރޮނގުން މާސްޓާސް ޑިގްރީ ހާސިލްކުރައްވާފައެވެ.