މޫދު ކުލާހެއްގައި އުޅެނިކޮށް ނޭވާލާން އުނދަގޫވެ މީހަކު ނިޔާވެއްޖެއެވެ.

ދިވެހި ފުލުހުންގެ ހިދުމަތުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، ސެޕްޓެމްބަރު 22 ވަނަ ދުވަހުގެ 16:30 އެހައިކަންހާއިރު، ފުލިދޫ ޕޮލިހާއި ވ. އަތޮޅު މަދަރުސާ ގުޅިގެން، އެ މަދަރުސާގެ ދަރިވަރުންނާއި މުދައްރިސުންނާއި ބެލެނިވެރިންނަށް ކުރިއަށް ގެންދިޔަ މޫދު ކުލާހެއްގެ ވޯޓަރ ބްރޭކް ވަގުތު އެއްގަމަށް އަރަންދިޔަ މީހަކު ނޭވާލާން އުނދަގޫވާކަމަށް ބުނުމުން އެ ރަށު ހެލްތު ސެންޓަރަށް ގެންގޮސްފައިވާ ކަމަށެވެ.

ހެލްތު ސެންޓަރުގައި ފަރުވާދެމުން ދަނިކޮށް އެމީހާ ނިޔާވެފައިވަނީ 18:14 އެހައިކަންހާއިރު ކަމަށް ހެލްތު ސެންޓަރާ ހަވާލާދީ ފުުހުން މައުލޫމާތުދެއެވެ. ފުލުހުން ބުނި ގޮތުގައި ނިޔާވެފައިވަނީ 39 އަހަރުގެ ދިވެހި އަންހެނެކެވެ.

ފުލުހުން ބުނީ، ނިޔާވި މީހާގެ ހަށިގަނޑު މާލެ ގެނެސް އައިޖީއެމް ހޮސްޕިޓަލުގައި މެޑިކަލް އެގްޒެމިނޭޝަންއެއް ހެދުމަށްފަހު ރޭ ދަންވަރުގެ ވަގުތެއްގައި ހަށިގަނޑު އާއިލާއާ ހަވާލުކޮށްފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުންނެވެ.