އދ. ގެ އާންމު މަޖިލީހުގެ ބަހުސް ހުޅުވާލުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުއަލްއުސްތާޛުހުސައިން މުހައްމަދު ލަތީފް ބައިވެރިވެ ވަޑައިގެންފިއެވެ.
ނިއުޔޯކްގައި ހުންނަ އދ. ގެ މައި މަރުކަޒުގެ ޖެނެރަލް އެސެމްބްލީ ހޯލުގައި ބޭއްވި މި ރަސްމިއްޔާތުގައި ދުނިޔޭގެ އެކި ގައުމުތަކުގެ އިސް ވެރިން ބައިވެރިވެވަޑައިގަންފައިވާ އިރު، ނައިބު ރައީސް ވަނީ ރާއްޖެ ތަމްސީލުކުރައްވާފަ އެވެ. އަދި މި ބައްދަލުވުމުގެ ހަވާސާގައި ބާއްވާ ހަފްލާތަކުގައިވެސް ނައިބު ރައީސް ބައިވެރިވެވަޑައިގަންނަވާނެއެވެ.
މި ދަތުރުފުޅުގައި ނައިބު ރައީސް، މަތީ ފަންތީގެ ބައްދަލުވުންތަކުގައި ރާއްޖޭގެ ފަރާތުން ރަސްމީ ބަޔާން އިއްވެވުމުގެ އިތުރުން، ދޭދޭ ގައުމުތަކުގެ އިސްވެރިންނާއެކުގައްޔާއި، ގިނަ ގައުމުތައް ގުޅިގެން ބާއްވާ ބައްދަލުވުންތަކުގެ މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖައްސާފައެވެ.
އެކުވެރި ދައުލަތްތަކުގެ އާންމު މަޖިލީހުގެ 81 ވަނަ ސެޝަނުގެ ހަވާސާގައި މިހާތަނަށް ނައިބުރައީސް ވަނީ އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓާރޭޒްއާއި ބަންގްލަދޭޝްގެ ބޮޑުވަޒީރާއި ވެސް ބައްދަލުކުރައްވާފައެވެ.