ށ. އަތޮޅަށް ފީނަން ފޭބި ރ. ދުވާފަރަށް ނިސްބަތްވާ މީހަކު ހާލުދެރަވެ، ނިޔާވެއްޖެއެވެ.

ދިވެހި ފުލުހުންގެ ހިދުމަތުން މީޑިއާތަކަށް ފިނުވި މެސެޖެއްގައި ބުނީ، ށ. އަތޮޅު ކަނޑުގެ ސަރަހައްދުގައި މަހަށް ނުކުމެއުޅުނު ރ. ދުވާފަރު ދޯންޏަކުން ފީނަން ފޭބި މީހަކު ދޯންޏަށް އެރިފަހުން ހާލުދެރަވެގެން ށ. މަރޮށި ސިއްހީ މަރުކަޒަށް ގެންގޮސްފައިވާކަމުގެ މައުލޫމާތު، ސެޕްޓެމްބަރު 22 ވަނަ ދުވަހުގެ 15:20 އެހައިކަންހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ، ނިޔާވެފައިވަނީ ލިލީމާގެ / ރ. ދުވާފަރު، (30އ) މުހައްމަދު ޝައްފާން ކަމަށެވެ. އަދި ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް އޭނާ ނިޔާވެފައިވާ ކަމަށް ސިއްހީ މަރުކަޒުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.

މި މައްސަލަ ފުލުހުންދަނީ ތަހުގީގުކުރަމުންނެވެ.