8000 އަށްވުރެ ގިނަ ދަރިވަރުންނާއެކު މިއަހަރުގެ އޯލެވެލް އިމްތިހާނު ފަށައިފިއެވެ.
އޯލެވެލް އިމްތިހާނު މިއަދުން ފެށިގެން ނޮވެންބަރު މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެެެއެވެ.
މި އަހަރު އޯލެވެލް އިމްތިހާނުގައި ރާއްޖެއިން 8111 އަށްވުރެ ގިނަ ދަރިވަރުން ބައިވެރިވާ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ހާމަކުރެއެވެ. އަދި އެޗްއެސްސީ އިމްތިހާނުގައި 7776 ދަރިވަރުން ބައިވެރިވާނެ ކަމަށް މިނިސްޓްރީން ހާމަކުރެއެވެ.
މިއަހަރުގެ ފުރަތަަމަ އިމްތިހާނެއްގެ ގޮތުގައި މިއަދު އެންމެ ފުރަތަމަ ދަރިވަރުން ހެދުމަށް ހަމަޖެހިފައިވަނީ އެޗްއެސްސީ އިމްތިހާނުގެ ދިވެހި ޕޭޕަރެވެ.
މާލެ ސަރަހައްދުގެ 25 ސެންޓަރެއްގައި އެ އިމްތިހާނު ކުރިއަށްގެންދާއިރު، މާލެ ސަރަހައްދުން 3222 ދަރިވަރުން އެ އިމްތިހާނު ހަދާނެއެވެ. އަދި ރަށްރަށުގެ 242 ސެންޓަރުގައި 2869 ދަރިވަރުން އެ އިމްތިހާނު ހެދުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.