341 ދަރިވަރުންނާ އެކު ދިވެހި ވަޠަނީ ހިދުމަތުގެ ތިންވަނަ ބެޗުގެ އަސާސީ ތަމްރީނުތައް ނިންމާލައިފިއެވެ.
ބެޗުގެ ނިމުން ފާހަގަ ކުރުމުގެ ގޮތުން ޅ. މާފިލާފުށީގައި ހުންނަ އެމްއެންޑީއެފްގެ ކޮމްޕޮސިޓް ޓްރެއިނިން ސެންޓަރުގައި މިއަދު ބޭއްވި ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވީ ޑިފެންސް މިނިސްޓަރު ޙަސަން ރަޝީދުއެވެ.
މި ރަސްމިއްޔާތުގައި ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރޭނިން ނިންމި ދަރިވަރުންނަށް އަޒުމް ލައިދިނުމުގެ އިތުރުން ޝަރަފުގެ ހިނގާލުން ވަނީ ބާއްވާފައެވެ.
މިދިޔަ މެއި މަހުގެ 17ވަނަ ދުވަހުން ފެށިގެން 15 ހަފުތާގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ތަމްރީން ޕްރޮގްރާމުގައި، ރާއްޖޭގެ 112 ރަށަކުން ޖުމުލަ 352 ކެޑޭޓުން ބައިވެރިވިއެވެ. އެހެންނަމަވެސް ތަމްރީނުތައް ފުރިހަމަކޮށް ދަސްވެނިވެފައިވަނީ މިީގެ ތެރެއިން 341 ދަރިވަރުންނެވެ. އެއީ 279 ފިރިހެން ދަރިވަރުންނާއި 62 އަންހެން ދަރިވަރުންނެވެ.
އެ ބައިވެރިންނަށް ޓްރެއިނިން ފުރިހަމަކުރިކަމުގެ ސެޓްފިކެޓާއި، ސެޓްފިކެޓް 3 އިން ސިވިލް އެޑިއުކޭޝަން އެންޑް ލީޑަޝިޕާއި ކޮމިއުނިޓީ ވޮލަންޓިއަ ފަޔަރ ފައިޓަ އަދި ބޭސިކް ފަސްޓް އެއިޑް ސެޓިފިކެޓާއި، ޕިއަ އެޑިއުކޭޝަން ޓްރެއިނިން ޕްރޮގްރާމު ފުރިހަމަކުރިކަމުގެ ސެޓިފިކެޓް ވެސް ދީފައިވެއެވެ.
ވަތަނީ ހިދުމަތުގެ ތިން ވަނަ ބުރު މިއަދު ނިންމައިލި އިރު، މީގެ ހަތަރު ވަނަ ބުރަށް މިދިޔަ މަހުގެ ތެރޭގައި ބައިވެރިން ހޮވަން އިންޓަވިއުކޮށްފައިވެއެވެ.